ޚަބަރު

ބިދޭސީންގެ ހެލްތު ކޭމްޕަށް އަތޮޅުތެރެއިން 100 އަށްވުރެ ގިނަ މީހުން

3 އަހަރު ކުރިން ޚާލިދު ސުލައިމާނުޚާލިދު ސުލައިމާނު
Viber image 2023 06 09 19 00 45
ID Card
Liyuntherikan
އިޝްތިހާރު

މިޝަން ފޮރ މައިގްރޭންޓް ވޯކާރސް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ފ.އަތޮޅުގެ ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން  ކުރިއަށް ގެންދިޔަ ބިދޭސީންގެ ހެލްތު ކޭމްޕްގައި ނިލަންދޫ ފިޔަވައި ދެންއޮތް 4 ރަށުން 100 އަށްވުރެ ގިނަ ބިދޭސީން ބައިވެރި ވެއްޖެއެވެ.

ފ. އަތޮޅުގައި މަސައްކަތްކުރަމުން އަންނަ ބިދޭސީންގެ ސިއްޙީ ޙާލަތު ބަލައި އެހީތެރިކަން ފޯރުކޮށް ދިނުމަށް ކުރިއަށް ގެންދެވުނު މި ކޭމްޕް އޮތީ އިއްޔެ މެންދުރުފަހު ނިލަންދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލްގައެވެ. ބިދޭސީން އަތުން އެއްވެސް ފައިސާއެއް ނުނަގައި ޑަކްޓަރަށް ދެއްކެވުމާއި ބައެއް ކުދި ޓެސްޓްތައްވެސް ހިލޭ ހެދޭ ގޮތަށް އިންތިޒާމްކުރެވުނު މި ކޭމްޕަށް އަތޮޅު ތެރެއިން ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާކަން މި ކޭމްޕް އިންތިޒާމްކުރި ފަރާތްތަކުންވަނީ ހާމަކޮށްފައެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

މި ކޭމްޕް ކުރިއަށް ގެންދިއުމަށް ނިލަންދޫއަށް ވަޑައިގެންނެވި މިޝަން ފޮރ މައިގްރޭންޓް ވޯކާރސް މޯލްޑިވްސްގެ ޓީމަށް މަރުޙަބާ ދަންނަވާފައިވަނީ ފ.އަތޮޅުގެ ޕޮލިސް ކޮމާންޑަރ އަދި ނިލަންދޫ ޕޮލިސް އިންޗާޖެވެ.

ފ. އަތޮޅު ފާހަގަކުރެވެނީ އުމްރާނީ އެކިއެކި މަސައްކަތްތަކާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ސަރުކާރަށް ޚިދުމަތް ކުރައްވާ ބިދޭސީންވެސް ގިނައިން އުޅޭ އަތޮޅެއްގެ ގޮތުގައެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)