ޚަބަރު

ބިދޭސީންގެ ޚާއްސަ ހެލްތު ކޭމްޕެއް ފ.އަތޮޅުގައި ފަށަނީ

3 އަހަރު ކުރިން ޚާލިދު ސުލައިމާނުޚާލިދު ސުލައިމާނު
266629587 770105903941172 8417251729315139633 n
ID Card
Liyuntherikan
އިޝްތިހާރު

ފ.އަތޮޅުގައި ދިރިއުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށްގެން ޚާއްސަ ހެލްތު ކޭމްޕެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި ހެލްތު ކޭމްޕަކީ މިޝަން ފޯރ މައިގްރާންޓް ވޯކާރސް މޯލްޑިވްސްއާއި ފ.އަތޮޅު ފުލުހުންނާއި ފ.އަތޮޅު ހޮސްޕިޓަލް އަދި ފ.އަތޮޅު ކައުންސިލާއި ރަށްރަށުގެ ކައުންސިލްތައް ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކޭމްޕެކެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

https://www.facebook.com/photo?fbid=265328089346524&set=a.175562354989765

މި ހިނގާ ޖޫން މަހުގެ 9 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ކޭމްޕް ކުރިއަށް ދާނީ ފ.އަތޮޅު ހޮސްޕިޓަލްގައި އެދުވަހުގެ މެންދުރުފަހު 3 ން އިރު އޮއްސި 6 އާއި ހަމައަށެވެ. މި ކޭމްޕްގައި ބިދޭސީން ޑަކްޓަރަށް ދެއްކެވުމާއި ސްކްރީނިންގ ހެދުމަށް އެފަރާތްތަކުގެ އަތުން އެއްވެސް ފައިސާއެއް ނުނަގާނެއެވެ. އަދި އަތޮޅުގެ ރަށްރަށުން ނިލަންދޫއަށް ޑަކްޓަރަށް ދެއްކުމަށް ދުރުވާ ބިދޭސީންގެ ދަތުރުގެ ޚަރަދުވެސް އިންތިޒާމް ކުރައްވާ ފަރާތްތަކުން ހަމަޖައްސަވައި ދެއްވާނެކަމުގެ މަޢުލޫމާތުވަނީ ލިބިފައެވެ.

ފ. އަތޮޅުގެ މުހިންމު އިދާރާތަކެއް ގުޅިގެން ބިދޭސީންނަށް ހިލޭ ހެލްތު ކޭމްޕެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، މަސްވެރިކަމާއި ޢުމްރާނީ މަސައްކަތްތަކާއި ސަރުކާރުގެ ވަޒީފާތަކުގައި ގިނަ އަދަދަކަށް ބިދޭސީން މަސައްކަތްކުރެއެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)