ޚަބަރު

ޕޮލިސް ޕޯސްޓުން ނަރުހުންގެ ދުވަސް ފާހަގަކޮށްފި

3 އަހަރު ކުރިން ޚާލިދު ސުލައިމާނުޚާލިދު ސުލައިމާނު
347082845 1275955840007087 2519208262275466620 n
Liyuntherikan
ID Card
އިޝްތިހާރު

ދަރަނބޫދޫ ޕޮލިސް ޕޯސްޓުން އިސްނަގައިގެން ބައިނަލް އަޤުވާމީ ނަރުހުންގެ ދުވަސް ފާހަގަކޮށްފިއެވެ.

ނަރުހުންގެ ދުވަހާއި ގުޅުވައިގެން ނަރުހުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ޕޮލިސް ޕޯސްޓްގައި މަސައްކަތްކުރައްވާ މުވައްޒަފުން ދަރަނބޫދޫ ސިއްޙީމަރުކަޒުގައި މަސައްކަތްކުރައްވާ ނަރުހުންނާއި، ސިއްޙީމަރުކަޒުގެ މުވައްޒަފުންނަށްވަނީ މެންދުރުގެ ފަރީއްކޮޅެއް އަރުވާފައެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

ދަރަނބޫދޫ ޕޮލިސް ޕޯސްޓްގައި ބޭއްވެވި މި ފަރިއްކޮޅުގައި ވާހަކަ ދައްކަވަމުން އެ މުވައްސަސާއާއި ޙަވާލުވެ ހުންނެވި ސަބްއިންސްޕެކްޓަރ އަޙްމަދު އިސްމާޢީލްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި ނަރުހުންގެ ޚިދުމަތުގެ އަގު ވަޒަންކޮށް ސިއްޙީމަރުކަޒުގެ މުވައްޒަފުންނަށް ފަރިއްކުޅުމަކަށް ދަޢުވަތު އެރުވީ ޕޮލިހުންގެ މުވައްސަސާއާއި ސިއްޙީމަރުކަޒާއި ދެމެދު މިހާރަށްވުރެ ގުޅުން ރަނގަޅުކުރުމުގެ ބޭނުމުގައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ދަރަނބޫދޫގެ މުވައްސަސާތަކާއި ގުޅުންތައް ބަދަހިކޮށް އެ މުވައްސަސާތަކަށް ޕޮލިހުންގެ ފަރާތުން ބޭނުންވާ އެހީތެރިކަން ދެމުން ގެންދާނެކަމަށް ފާހަގަކުރައްވާފައިވެއެވެ.

ދަރަނބޫދޫ ސިއްޙީމަރުކަޒުގެ ފަރާތުން ދެއްކެވި ވާހަގަފުޅުގައި ސިއްޙީމަރުކަޒާއި ގުޅުންހުރި ދުވަހެއް ރަށުގެ އެހެން މުވައްސަސާއަކުން އިސްވެ ފާހަގަކުރެއްވި މިއީ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާ އެކަމަށްޓަކައި ޕޮލިސް ޕޯސްޓްގެ އެންމެހައި މުވައްޒަފުންނަށް ޝުކުރު ދެންނެވިއެވެ.

ޕޮލިހުންގެ މުވައްސަސާއިން އިސްނަގައި ނަރުހުންގެ އަގުވަޒަންކޮށްފައިވާއިރު، ސިއްޙީ މަރުކަޒުގެ މުވައްޒަފުންގެ ފަރާތުންވެސް މިއަދު ހެނދުނުވަނީ ނަރުހުންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން މަރުކަޒުގެ އެތެރޭގައި ކުޑަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

ރަސްމީކޮށް 8 ގަޑިއިރުގެ ޚިދުމަތް ފޯރުކޮށްދޭ ދަރަނބޫދޫ ސިއްޙީމަރުކަޒުގައި ނަރުހުންގެ ޚިދުމަތް ރަސްމީކޮށް ފެށިފައިވަނީ 2008 ވަނަ އަހަރުގެ ފެބްރުވަރީ މަހުގައެވެ. ދަރަނބޫދޫ ސިއްޙީމަރުކަޒުގައި ޚިދުމަތް ދެއްވުމަށް މިވަގުތު ދެ ނަރުހުން އެބަތިއްބެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)