ފާފު އަތޮޅުގައި ލޮލުގެ ޚާއްސަ ކޭމްޕެއް ފަށަނީ!

Dhanews Logo

ފާފު އަތޮޅުގައި ލޮލުގެ ޚާއްސަ ކޭމްޕެއް ފަށަނީ!

Eye Test

ފާފު އަތޮޅުގައި ލޮލުގެ ޚާއްސަ ކޭމްޕެއް ފަށަނީ!

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

 ސުޕަރ ވިސަން އޮޕްޓިކަލްސް އިން ފ. އަތޮޅުގައި ލޮލުގެ ޚާއްސަ ކޭމްޕެއް ބޭއްވުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ އެ އޮޕްޓިކަލްސް އާއި ފ. އަތޮޅުގެ ސިއްޙީ ދާއިރާތަކާއި ގުޅިގެން ކުރިއަށް ގެންދާ ކޭމްޕެކެވެ.

މި ކޭމްޕުން ދިނުމަށް ހަމަޖެހިފައިވާ މައިގަނޑު ޚިދުމަތްތަކަކީ، ލޮލުގެ ޚާއްސަ ޑަކްޓަރެއްގެ އެހީގައި ލޯ ޓެސްޓް ކުރުމާއި، ކޮންޓެކްޓް ލެންސް ކުލިނިކާއި، ފަންޑަސް އެގްޒަމިނޭޝަން، ލޮލުގައި ހަކުރު ހުންނަ މިންވަރު ދެނެގަތުމާއި، ކުލަ ދެނެގަތުމަށް އުނދަގޫވާ މައްސަލަ ދެނެގަތުން ހިމެނެއެވެ. އަދި މި އޮޕްޓިކަލްސްގެ ފަރާތުން މުޅިން އަލަށް ފަށާ ލޮލުގެ ޕްރެޝަރު ބެލުމުގެ ޚިދުމަތް މި ކޭމްޕް ތެރެއިން ފޯރުކޮށް ދިނުމަށްވަނީ ނިންމާފައެވެ.

ލޮލަށް ދިމާވެފައިވާ ތަފާތު މައްސަލަތައް ދެނެގަނެ، އެފަދަ މައްސަލަތަކަށް ފަރުވާ ހޯދުމަށް ޢަމަލުކުރަންވީ ގޮތުގެ އިރުޝާދުވެސް މި ކޭމްޕްގެ ތެރެއިން ދިނުމަށް ހަމަޖެހިފައިވެއެވެ. ރައްޔިތުންނާއި ވީހާވެސް ގާތުން ލޮލުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ނިންމާފައިވާ މި ކޭމްޕްގައި ލޮލުގެ ފަރުވާއަށް ބޭނުންވާނޭ ގިނަ މެޝިނަރީޒް ބޭނުންކުރެވޭނެކަން ސުޕަރ ވިސަން އޮޕްޓިކަލްސްއިން ވަނީ ހާމަކޮށްފައެވެ.

މި ކޭމްޕްގައި ޑަކްޓަރަށް ދެއްކެވުމަށް އެއްވެސް ބޭފުޅެއްގެ އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ. އައިނު ނުވަތަ ދުނިގަނޑާއި ކޮންޓެކްޓް ލެންސް ފަދަ ތަކެއްޗަށް އެޑްވާންސްގެ ގޮތުގައި ދެބައިކުޅަ އެއްބަޔަށްވާ ފައިސާ ދެއްކުމުން އެތަކެތި ރަށަށް ފޮނުވާ ގޮތަށްވަނީ ހަމަޖެހިފައެވެ. އަދި ބާކީ ފައިސާ ދައްކަވަންޖެހޭނީ ރިކުއެސްޓްކުރި ތަކެތި އަތަށް ލިބުމުންނެވެ. ސްކޫލްތަކުގެ ދަރިވަރުންނަސް މި ކޭމްޕްގައި %10 ޑިސްކައުންޓް ދިނުމަށްވަނީ ނިންމާފައެވެ.

 ކޭމްޕްގައި ބައިވެރިވެނީ އެ ރަށެއްގެ ސިއްޙީ އިދާރާއިން ފުރުޞަތު ހުޅުވާލުމުން، ނަން ނޯޓުކުރައްވާ ފަރާތްތަކަށެވެ. ދަރަނބޫދޫގައި މި ކޭމްޕް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އަންނަ މާރޗް މަހުގެ 05 ވަނަ ދުވަހުގައެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި