ޚަބަރު

އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ފެށިގެން ކުރިއަށް ދަނީ

3 އަހަރު ކުރިން ޚާލިދު ސުލައިމާނުޚާލިދު ސުލައިމާނު
327465113 1546559362477628 6716469707341622311 n
Liyuntherikan
ID Card
އިޝްތިހާރު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ކުރިއަށް ގެންދާ ޕްރައިމަރީގެ ވޯޓުލުން ދަރަނބޫދޫގައި ފެށިގެން ކުރިއަށް އެބަދެއެވެ.

ދަރަނބޫދޫ ގައި ވޯޓުލުން ފެށިފައިވަނީ ހެނދުނު 09.30 ކަންހާއިރު އެވެ. ޕްރައިމަރީގެ ވޯޓުލުން ދަރަނބޫދޫ ސްކޫލުގެ ހޯލުގައި ކުރިއަށްދާއިރު، މި ވޯޓު ފޮއްޓަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 88 މެމްބަރުންނަށެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

މި ޕްރައިމަރީގެ ވޯޓުލުން ދަރަނބޫދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 17.00 ގެ ނިޔަލަށެވެ. ވޯޓުފޮށި ބަންދުކުރުމަށް ބާކީ ދޮޅުގަޑިއިރު އޮތް އިރު، 54 ފަރާތަކުންވަނީ ވޯޓުލާފައެވެ. އެއީ ރަށު ފޮއްޓަށް ވޯޓުލެވޭ މީހުންގެ 61 އިންސައްތައެވެ. މި އިންތިޚާބުގެ ވޯޓު ގުނަން ފެށޭނީ 18:00 ގައެވެ.

ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ބޮޑުބައެއް މިހާތަނަށް ވޯޓުލައި ނިމިފައިވާއިރު، އިންތިޚާބަށް އަސަރުކުރުވާނެ އެއްވެސް ކަމެއް މިހާތަނަށް އައިރު ދިމާވެފައިނުވާކަމަށް އޮފިޝަލުން ވިދާޅުވެއެވެ. ވޯޓުލުމުގެ ކަންކަން ކުރިއަށްދަނީ ކުރިމަތިލައްވާފައިވާ ދެ ކެންޑިޑޭޓުންގެ މަންދޫބުންވެސް ވޯޓުލާ ސަރަޙައްދުގައި ތިބެގެންނެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ ހަޔާތުގަ ފެނުނު އެންމެ ވާދަވެރި އެއް ކެމްޕެއިނަށްފަހު ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީން އިންތިޚާބަކަށް ނިކުމެފައިވާއިރު މީގެ ކުރިން އަހަރު ތަކުގެ އިންތިޚާބާއި އަޅައި ކިޔާއިރު ދަރަނބޫދޫގެ އެމްޑީޕީގެ ޙާލަތުމިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ.

ކުރީ އަހަރުތަކާއި އަޅާބަލާއިރު ދަރަނބޫދޫން ފެންނަ އެންމެ ބޮޑު ބަދަލަކީ މި އިންތިޚާބަށް ކުރިމަތިލިއިރު ދަރަނބޫދޫގައި އެމްޑީޕީގެ ދެ ގޮފި އުފައްދާފައިވުމެވެ. އަނެއް ކަމަކީ މީގެ އެއް ގޮފިން ތާއީދުކޮށް ކެމްޕެއިންކުރަނީ 1 ނަމްބަރު ކެންޑިޑޭޓް މުޙައްމަދު ނަޝީދަށެވެ. އަނެއް ގޮފިން ތާއީދުކޮށް ކެމްޕެއިން ކުރީ 2 ނަމްބަރު ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ސޯލިޙަށެވެ.

ފާހަގަކޮށްލެވޭ އަނެއް ބަދަލަކީ އެމްޑީޕީގައި ޒަމާނުއްސުރެ ތިބި، ”އަސްލު އެމްޑީޕީ“ ގެ ބައެއް މީހުންނަށް މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިނުވުމެވެ. މިގޮތަށް ދިމާވެފައި މިވަނީ އިލެކްޝަން ކޮމިޝަންގައި އޮންނަ ދަފްތަރަށް ބަލައިގެން ވޯޓުލުމަށް އެމްޑީޕީން ކަނޑައަޅާފައިވުމާއި ގުޅިގެންނެވެ. ދަރަނބޫދޫގެ އެމްޑީޕީއަށް ނިސްބަތްވާ ގިނަ ފަރާތްތަކުން ބުނަމުން ދަނީ، ދަރަނބޫދޫ ވޯޓު ފޮށިން އިބްރާހީމް މުޙައްމަދު ސޯލިޙް ތަފާތު ބޮޑުކޮށް ކާމިޔާބު ކުރައްވާނެކަމަށެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)