ޚަބަރު

ދަރަނބޫދޫ ގޮނޑުދޮށުން ފުޅަނގި ތާކިހާ ފެންނާތީ ސަމާލުވާން އެދިއްޖެ

3 އަހަރު ކުރިން ޚާލިދު ސުލައިމާނުޚާލިދު ސުލައިމާނު
Photo 2023 01 12 14 14
ID Card
Liyuntherikan
އިޝްތިހާރު

ދަރަނބޫދޫގެ ގޮނޑުދޮށުން ފުޅަނގި ތާކިހާ ކަމަށް ބެލެވޭ އެއްޗެހިތަކެއް ފެންނަމުން ދާތީ ރައްޔިތުން ސަމާލުވުމަށް ދަރަނބޫދޫ ސިއްޙީމަރުކަޒުން އަންގައިފިއެވެ.

ދަރަނބޫދޫ ސިއްޙީމަރުކަޒުގެ ކޮމިއުނިޓީ ވައިބަރ ގުރޫޕްގައި މިއަދު އާންމުކޮށްފައިވާ އެންގުމެއްގައި ބުނެފައިވަނީ ޖެލީފިޝްއާއި ވައްތަރު ސިފަތަކެއް އެކުލެވިގެންވާ ފުޅަނގި ތާކިހާ ރަށުގެ ގޮނޑުދޮށުން ފެންނަމުންދާކަމަށެވެ. މިދުވަސްވަރު ރަށު ގޮނޑުދޮށުގައި ގިނައިން ރެދަން ވެސް ލަމުން އަންނާތީ، ކުޑަކުދިންނާއި ބޮޑެތިމީހުންވެސް ރޭގަނޑު ގަޑީގައި ރެދަން ބެލުމަށް ގޮސްއުޅޭކަން ފާހަގަކުރެވެއެވެ. އަދި މިހެން ގޮސްއުޅުމުގައި ރެދަން އަތަށްނަގައި އެއާއި ކުޅެހަދާކަން ފާހަގަކުރެވެއެވެ. ރަށުގޮނޑުދޮށުގައި މިހާރުވެސް ގިނަ އަދަދަކަށް ފުޅަނގިތާކިހާ ލައްގާފައިވާއިރު، ރެދަން ލާފައި އޮންނަ ސަރަޙައްދުތަކުގައި ފުޅަނގިތާކިހާ ގިނަކަން ވަނީ ފާހަގަކުރެވިފައެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

ފުޅަނގި ތާކިހާ މޫދުގައި

ފުޅަނގި ތާކިހާއަކީ އޭގައި އަތްލުމުން ބައެއްފަހަރު، ހަމުގައި އެލާޖިކް ރިއެކްޝަންތަކެއް އުފެދި ފިތްތަކެއް ނަގައި ހަންގަނޑު ގަދަޔަށް ކެހުން ފަދަ ސިއްޙީމައްސަލައެއް ކުރިމަތިކުރުވާ އެއްޗެކެވެ.

މިއީ ފެނުގައި އޮންނައިރު ބަލާލަން ރީތި އެއްޗެކެވެ. ބަލާބެލުމަށް ކުދިކުދި ޖެލީފިޝްތަކެއްހެން ހީވިޔަސް މިއީ ޖެލީފިޝްއެއް ނޫނެވެ. މިއަށް އިނގިރޭސިން ކިޔައި އުޅެނީ Blue Button އެވެ. މީގައިވެސް ޖެލީފިޝް ފަދައިން ދިގު ވާތަކެއް ލާފައި ހުރެއެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެހެން ރަށްތަކުންވެސް ފުޅަނގި ތާކިހާ ފެނިގެން ރިޕޯޓްކޮށްފައިވާ ދުވަސްވަރެކެވެ. މިކަމާއި ގުޅިގެން އެންވަޔަރމެންޓް ޕްރޮޓެކްޝަން އޭޖެންސީންވަނީ އޭގައި އަތްނުލުމަށް ސަމާލުވާން އިލްތިމާސްކޮށްފައެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)