ޚަބަރު

ސިފައިންގެ 74 ވަނަ އަސާސީ ތަމްރީނު ކޯސް 156 ދަރިވަރުންނާއެކު ފަށައިފި

9 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
FB IMG
ID Card
Liyuntherikan
އިޝްތިހާރު

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގައި ސިފައިންގެ 74 ވަނަ އަސާސީ ތަމްރީނު ކޯސް ރަސްމީކޮށް އިފުތިތާޙުކޮށްފިއެވެ.
މި ސެޕްޓެންބަރު މަހުގެ 24 ވަނަ ދުވަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ކޯސް އިފުތިތާޙުކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.

🔗 ތަފްޞީލް ކިޔުމަށް: [ލިންކް]

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

މި ރަސްމިއްޔާތުގައި ކޯހުގެ ބައިވެރިންނާއި މުދައްރިބުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާޙީމް ވަނީ ސިފަވަންތަ، ހަރުދަނާ ސިފައިންގެ މީހެއްގެ ގޮތުގައި ދެމިތިބުމަށާއި، މި ތަމްރީނުން ފާސްވުމަށް ގަދައަޅައި މަސައްކަތްކުރުމަށް ދަރިވަރުންނަށް އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން، ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީގެން ތަމްރީނުގެ ހުރިހާ މަރުޙަލާއެއް ކުރިއަށްގެންދިއުމަށް މުދައްރިބުންނަށް އެމަނިކުފާނު ނަސޭޙަތްތެރިވެވަޑައިގަތެވެ.
މި ފަހަރުގެ ކޯހުގައި ޖުމްލަ 156 ދަރިވަރުން ބައިވެރިވާއިރު، އޭގެ ތެރޭގައި 24 އަންހެން ދަރިވަރުން ހިމެނެއެވެ.
ރަސްމިއްޔާތުގެ ތެރެއިން ކޯހުގެ ދަރިވަރުންނަށް އިޤުރާރު ލައިދެއްވީ ކޯހުގެ ޗީފް އިންސްޓްރަކްޓަރ، ކެޕްޓަން މުޙައްމަދު ނާއިފްއެވެ. އަދި މުދައްރިބުންނަށް ވަޢުދު ލައިދެއްވީ ކޯހުގެ ކޮމްޕެނީ ކޮމާންޑަރ، މޭޖަރ ނާމިލް ޢަބްދުލް ޣަފޫރެވެ.
މި ރަސްމިއްޔާތުގައި ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ކާނަލް މުޙައްމަދު ޖަމްޝާދުއާއި، ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ނިލާމްގެ އިތުރުން އެ އޭރިއާ ކޮމާންޑުގެ ކޮމާންޑް ސާޖަންޓް މޭޖަރ، ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުﷲ ޖުނައިދާއި އެހެނިހެން ރޭންކުތަކުގެ ސިފައިން ބައިވެރިވެވަޑައިގަތެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ