ޚަބަރު

ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފި!

3 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
L 2021 01 13 114222 wu3a5feznbjho87id2kctpg9416rxsvmqyl EN
ID Card
Liyuntherikan
އިޝްތިހާރު

ރާއްޖޭގެ ސަރަޙައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވުމުގެ އިތުރުން ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑުދަތުރުކުރާ އެންމެހައި ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

🔗 ތަފްޞީލް ކިޔުމަށް: [ލިންކް]

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

މޫސުން ގޯސްވުމުގެ ސަބަބުން ދަތުރަށް ފުރުމުގެ ކުރިން ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ކަށަވަރުކުރުމަށް އެމްއެންޑީއެފްއިން ވަނީ އިރުޝާދު ދީފައެވެ. އެގޮތުން، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރާއިރު އަންގަންޖެހޭ ކަމާބެހޭ ފަރާތްތަކަށް އެންގުމަށް ފަހު ނޫނީ ދަތުރު ނުފެށުމަށް އެމްއެންޑީއެފްއިން ވަނީ އެދިފައެވެ.

މީގެ އިތުރުން، ދަތުރުކުރާ އުޅަނދުފަހަރުގައި ސަލާމަތީ ވަސީލަތްތައް ހަމައަށް ހުރިތޯ ބެލުމަށް އެމްއެންޑީއެފްއިން ވަނީ ނަސޭހަތްތެރިވެފައެވެ. އެގޮތުން ހުރިހާ އުޅަނދެއްގައި ވެސް؛

* ލައިފް ޖެކެޓް

* މުވާސަލާތީ ނިޒާމުތައް

* ދިޔަހިއްކާ ޕަންޕު

ފަދަ ތަކެތި ހުރީ ރަނގަޅު ހާލަތެއްގައިތޯ ދުރާލައި ޗެކްކުރުމަށް އެމްއެންޑީއެފްއިން ވަނީ އަންގާފައެވެ. ޚާއްޞަކޮށް މުދާ އުފުލާ އުޅަނދުފަހަރުން ހުއްދަދެވިފައިވާ މިންވަރަށްވުރެ އިތުރަށް ބަރުނުކުރުމަށާއި، މުދާތައް ރަނގަޅަށް ބަންދުކޮށް (ލައިސަންލާފައި) ބެހެއްޓުމަށް އެމްއެންޑީއެފްއިން ބާރުއަޅާފައިވެއެވެ.

މި ދުވަސްވަރު ކަނޑުމަތީގެ ޙާދިސާތައް ހިނގުން މަދުކުރުމަށްޓަކައި، ދަތުރުގެ ބައިވެރިން ލައިފް ޖެކެޓް އެޅުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސް އެމްއެންޑީއެފްއިން ވަނީ އެދިފައެވެ. އަދި ޑައިވިންގ އާއި ވޯޓަރ ސްޕޯޓްސްގެ ޚިދުމަތްދޭ ފަރާތްތަކުން މޫސުމީ ރީނދޫ ނުވަތަ އޮރެންޖު ސަމާލު (އެލާޓް) ނެރެފައިވާ ވަގުތުތަކުގައި އެއިން އެއްވެސް ޙަރަކާތެއް ކުރިއަށް ނުގެންދިއުމަށް އެމްއެންޑީއެފްއިން ވަނީ ހަރުކަށިކޮށް އަންގާފައެވެ.

 

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ