ޚަބަރު

ރާއްޖޭގެ މަޝްހޫރު ”ސީ އޮފް ސްޓާސް“ ރ. ވާދޫ ގޮނޑުދޮށް އަނެއްކާވެސް ނޫކުލައިގެ ޖާދޫއެއް ފަދަ ރެދަނުން ދިއްލާލައިފި!

17 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
1000016642
Liyuntherikan
ID Card
އިޝްތިހާރު

ރާއްޖޭގެ ރަށްތަކުގެ ތެރެއިން ޤުދުރަތީ ގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް މަންޒަރު ފެންނަ ރ. ވާދޫ ގޮނޑުދޮށް އަނެއްކާވެސް ނޫކުލައިގެ ޖާދޫއެއް ފަދަ ރެދަނުން ދިއްލާލައިފިއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ރެދަން ލަމުންދާ ދުވަސްވަރަކަށް ވާއިރު، ވާދޫ ގޮނޑުދޮށަށް ބީއްސަމުންދާ ރާޅުތަކާއެކު ފެންނަމުންދާ މި ހިތްގައިމު މަންޒަރުގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި މިހާރު ދަނީ ވަރަށް ބޮޑަށް ދައުރުވަމުންނެވެ. ޚާއްސަކޮށް، ރަށުގެ ރައްޔިތުންނާއި އެ ރަށަށް ޒިޔާރަތްކޮށްފައި ތިބި ފަތުރުވެރިން ދަނީ ރޭގަނޑުގެ މި ހިތްގައިމު ވަގުތު ކެމެރާގެ ލެންސްތަކުގައި ރައްކާކުރަމުންނެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

ވާދޫއަކީ ދުނިޔޭގެ ފެންވަރުގައިވެސް ”ރެދަންލާ ރަށް“ ނުވަތަ ”ސީ އޮފް ސްޓާސް“ ގެ ނަމުން ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ރަށެކެވެ. ސައިންސްވެރިން ހާމަކުރާ ގޮތުގައި މިގޮތަށް ކަނޑުގެ ލޮނުގަނޑު ނޫކުލައިން ދިއްލެނީ، މޫދުގައި އުޅޭ ޖަހާލައިފާ (bioluminescent)  ކުދި ފަންގަސް ނުވަތަ ”ޕްލެންކްޓަން“ ތަކަކަށް އަންނަ ލޮޅުންތަކެއްގެ ސަބަބުން އުފެދޭ ކެމިކަލް ރިއެކްޝަނަކުންނެވެ.

ވާދޫގެ ގޮނޑުދޮށަށް ރެދަންލުމުން ފެންނަ ހިތްގައިމު މަންޒަރަކީ ބޭރުގެ މަޝްހޫރު ޓްރެވަލް މެގަޒިންތަކާއި، ޑޮކިއުމެންޓްރީތަކުގައި ”Sea of Stars“ ގެ ނަމުން ދުނިޔެއަށް އިޝްތިހާރުވެފައިވާ މަންޒަރެކެވެ

މި ހިތްގައިމު މަންޒަރު ބަލާލުމަށާއި، މި ޖާދޫއެއް ފަދަ ތަޖުރިބާ ކޮށްލުމަށް ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ދިވެހިންނާއި ބޭރުގެ ފަތުރުވެރިން ވާދޫއަށް ޒިޔާރަތްކުރެއެވެ. މިފަހަރު ލީ ރެދަމާއެކު، ރަށުގެ ފަތުރުވެރިކަމަށްވެސް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށް ރަށުން ވާހަކަދެއްކި ބައެއް ބޭފުޅުން ފާހަގަކުރެއެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ