ސެކަންޑަރީ ސްކޫލް ސެޓްފިކެޓް (އެސްއެސްސީ) އިމްތިޙާނު މިއަދު ފަށައިފި!

މި އަހަރުގެ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް (އެސްއެސްސީ) އިމްތިޙާނު މިއަދު ރަސްމީކޮށް ފަށައިފިއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، ދިވެހި އަދި އިސްލާމް މި ދެ މާއްދާ ހިމެނޭ މި އިމްތިޙާނުގައި މިއަހަރު ޖުމްލަ 7,776 ދަރިވަރުން ބައިވެރިވެއެވެ.
އިމްތިޙާނުގެ ތާވަލު ރޭވިފައިވާ ގޮތުން، މިއަދާއި މާދަމާ ކުރިއަށްދާނީ ދިވެހި މާއްދާގެ ޕޭޕަރުތަކެވެ. އަދި މި މަހުގެ 22 އާއި 23 ވަނަ ދުވަހު އޮންނާނީ އިސްލާމް މާއްދާގެ ޕޭޕަރުތަކެވެ.
މިފަހަރުގެ އިމްތިޙާނު ކުރިއަށްދާ ސެންޓަރުތަކާއި ދަރިވަރުންގެ ތަފްޞީލް:
* މާލޭ ސަރަޙައްދު: ޖުމްލަ 25 ސެންޓަރެއްގައި 3,222 ދަރިވަރުން އިމްތިޙާނު ހަދަމުންދެއެވެ.
* އަތޮޅުތެރެ: ޖުމްލަ 242 ސެންޓަރެއްގައި 2,869 ދަރިވަރުން އިމްތިޙާނު ހަދަމުންދެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދެއްވާގޮތުގައި، އެސްއެސްސީ އިމްތިޙާނަށްފަހު ދެން ކުރިއަށްދާނީ ޖީސީއީ އޯލެވެލް އިމްތިޙާނެވެ. އޯލެވެލް އިމްތިޙާނު ކުރިއަށްދާނީ އަންނަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ އިމްތިޙާނުގައި ރާއްޖެއިން ޖުމްލަ 8,111 ދަރިވަރުން ބައިވެރިވާނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.















ޚިޔާލުތައް (0)