ޚަބަރު

2028 ކާމިޔާބު ކުރަން ށ. ފޯކައިދޫ ޕީއެންސީން ސަފުތައް ބަދަހިކޮށް، ވަރުގަދަ ޢަޒުމަކާއެކު ނުކުމެއްޖެ! 

16 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
FB IMG
Liyuntherikan
ID Card
އިޝްތިހާރު

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު، ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ މުސްތަޝާރު ޑރ. މުޙައްމަދު މުޢިއްޒަށް ކާމިޔާބު ކޮށްދިނުމަށްޓަކައި، ށ. ފޯކައިދޫ ޕީއެންސީ ގޮފީގެ ލީޑަޝިޕާއި ޢާންމު މެންބަރުން ބަދަހި ސަފުތަކެއް އަތުރާލައި، ވަރުގަދަ ސިޔާސީ މަސައްކަތްތަކެއް ފަށައިފިއެވެ.

ވެރިކަން ކުރާ ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ކޮންގްރެސްއިން 2028 ގެ ރިޔާސީ ޓިކެޓު ޕްރައިމަރީއަކާ ނުލައި ރައީސް ޑރ. މުޢިއްޒަށް އެރުވުމަށް ނިންމި ނިންމުމަށް ތާއީދުކޮށް، ފޯކައިދޫ ޕީއެންސީން ވަނީ ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ކާމިޔާބުކޮށްދިނުމަށް ފުރިހަމައަށް ތައްޔާރުވެފައެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

”ފޯކައިދޫ ޕީއެންސީ ގޮފިން ހާމަކުރި ގޮތުގައި، މި ސަފުތައް ވަރުގަދަކުރީ ރައީސް ޑރ. މުޢިއްޒު ފަށްޓަވާފައިވާ ތަރައްޤީގެ މަޝްރޫޢުތަކާއި އިޞްލާޙީ ބަދަލުތައް ދެމެހެއްޓުމުގެ މަތިވެރި ޢަޒުމުގައެވެ.“

Image 24972ad

ފޯކައިދޫ ޕީއެންސީގެ ސަފުތައް ބަދަހިވެގެންދިޔަ ދަނޑިވަޅެއްގައި، އެ ރަށުގެ ސިޔާސީ މަޞްރަޙަށް ވަނީ ބޮޑެތި ބަދަލުތަކެއް އަންނަން ފަށާފައެވެ. އެގޮތުން، ދިވެހިރާއްޖޭގައި މަލްޓިޕާޓީ ޑިމޮކްރަސީ އުފެދުނީއްސުރެ ދެގޮތެއްނުވެ ހުރި، ފޯކައިދޫ އެމްޑީޕީ (MDP) ގެ އެންމެ ބާރުގަދަ އެއް ބާނީ ކަމަށްވާ ޙުސައިން ފަރީދު ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. ދެ ދައުރެއްގައި ފޯކައިދޫ ކައުންސިލް މެންބަރުކަން ވެސް ކުރައްވާފައިވާ، ސިޔާސީގޮތުން ފުންނާބު އުސް ބޭފުޅެއް ކަމަށްވާ ޙުސައިން ފަރީދު ޕީއެންސީއާ ގުޅިވަޑައިގެންފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 27 ގައެވެ.

އޭގެ ކުރިން، އޮގަސްޓް 25 ގައި އެ ބޭފުޅާއަށް ވަނީ ށ. ފޯކައިދޫ އެމްޓީސީސީ (MTCC) ސައިޓް އެޑްމިނިސްޓްރޭޝަންގެ މަޤާމު ލިބިފައެވެ.

Image ca93f7b

ފަރީދުގެ އިތުރުން، އެ ރަށުގެ ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ މުހިންމު ބޭފުޅެއް ކަމަށްވާ މުޙައްމަދު ފާއިޛު ވެސް މިހާރު ވަނީ ޕީއެންސީގެ ސަފުތަކާ ގުޅިވަޑައިގެންފައެވެ. ފާއިޛު ޕީއެންސީއާ ގުޅިވަޑައިގެންފައިވާއިރު، މިދިޔަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެބޭފުޅާ ވަނީ ޔޫތު އެސޯސިއޭޓް ގެ މަޤާމު ލިބިފައެވެ. މިއީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ވެސް އެ ބޭފުޅާ ފުރުއްވި މަޤާމެކެވެ. 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޑރ. މުޢިއްޒަށް ކާމިޔާބު ކޮށްދިނުމަށްޓަކައި، ފާއިޛު ވެސް ވަނީ ޕީއެންސީގެ ލީޑާޝިޕާއި ޢާންމު މެންބަރުންނާއެކު ބަދަހި ސަފެއްގައި އަތުރާލައި، ވަރުގަދައަށް މަސައްކަތް ކުރުމުގެ ޢަޒުމް ކަނޑައަޅާފައެވެ.

ފަރީދާއި ފާއިޛު ފަދަ ނުފޫޒުގަދަ ބޭފުޅުން ޕާޓީއާ ގުޅުމާއެކު، ފޯކައިދޫގައި ޕީއެންސީގެ ސިޔާސީ ޙަރަކާތްތައް އިތުރަށް ވަރުގަދަވެ، ކުރިއަށް އޮތް ތަނުގައި އިތުރު މެންބަރުން ޕާޓީއާ ގުޅުމުގެ ފުރުޞަތު ބޮޑުވެގެންދާނެ ކަމަށް ފޯކައިދޫ ޕީއެންސީ ގޮފިން ހާމަކުރެއެވެ.

 

 

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ