ޚަބަރު

ދަރަނބޫދޫގައި ބޭސިކް ފަސްޓްއެއިޑް ސެޝަނެއް ފަށައިފި!

1 ގަޑިއިރު ކުރިން އުސާމަތު މޫސާއުސާމަތު މޫސާ
795538863 1896007718471773 437929429193057664 n
ID Card
Liyuntherikan
އިޝްތިހާރު

ފ. ދަރަނބޫދޫގައި ކުއްލި ޙާލަތްތަކުގައި ފުރަތަމަ އެހީ ފޯރުކޮށްދިނުމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޚާއްޞަ ”ފަސްޓް އެއިޑް“ ސެޝަނެއް މިއަދު ފަށައިފިއެވެ.
މިއީ ފާފު އަތޮޅު ޕޮލިހާއި ދަރަނބޫދޫ ކައުންސިލް އިދާރާ ގުޅިގެން ކުރިއަށްގެންދާ ސެޝަނެކެވެ. މިއަދު ހެނދުނު 10:00 ގައި ފެށި މި ސެޝަން ކުރިއަށް ދަނީ ދަރަނބޫދޫ ދާރުލް ޢުލޫމު ހޯލުގައެވެ. ޖުމްލަ 7 ގަޑިއިރުގެ މުއްދަތަށް ކުރިއަށް ގެންދާ މި ސެޝަން ނަންގަވައިދެއްވަނީ ފާފު ޕޮލިހުގެ ފަރާތުންނެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ކުއްލިއަކަށް ދިމާވާ ޞިއްޙީ އެކިއެކި ކަންކަމުގައާއި ހާދިސާތަކުގައި އެންމެ އަވަހަށް ފޯރުކޮށްދޭންޖެހޭ ފުރަތަމަ އެހީއާ މެދު މީހުން ހޭލުންތެރިކުރުވުމާއި، އެފަދަ ނާޒުކު ޙާލަތްތަކުގައި ޢަމަލުކުރާނެ އެންމެ ރަނގަޅު އަދި އެދެވޭ ގޮތްތައް ބައިވެރިންނަށް ދަސްކޮށްދިނުމެވެ.
މި ސެޝަން ކުރިއަށް ގެންދަނީ އެކިއެކި މުއައްސަސާތަކުގެ މުވައްޒަފުންނާއި ޢާންމު ރައްޔިތުންނަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެންނެވެ. އެގޮތުން މި ސެޝަންގައި 15 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މުޖުތަމަޢު ހޭލުންތެރިކުރުމުގެ މަޤްޞަދުގައި މިފަދަ ފަސްޓް އެއިޑް ޕްރޮގްރާމްތައް ފުލުހުން އިސްނަގައިގެން މީގެ ކުރިންވެސް ވަނީ ކާމިޔާބުކަމާއެކު ހިންގާފައެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ