ފުލުހުންގެ ޚިދުމަތަށް 29 ސްޕެޝަލް ކޮންސްޓަބަލުން ހޯދަނީ؛ މުސާރައަކަށް 17،175 ރުފިޔާ!

ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ. މާލެ ސަރަހައްދުގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ މި ވަޒީފާއަށް ބޭނުންވަނީ 29 މުވައްޒަފުންނެވެ. މި މަގާމަށް ހޮވޭ މީހުންނަށް މުސާރައިގެ ގޮތުގައި މަހަކު 17,175.00 ރުފިޔާ ލިބޭނެއެވެ.
މި ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތަކީ ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހެއްގެ ދައުރު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:
* ގްރޭޑް 10 ނިންމާފައިވުން
* އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށްވުން
* އިސްކޮޅުގެ ގޮތުން ފިރިހެނެއް ނަމަ 5 ފޫޓު 3 އިންޗި، އަދި އަންހެނެއް ނަމަ 5 ފޫޓު ހަމަވުން
* ޖިނާއީ ބޮޑު ކުށެއް ސާބިތުވެފައިވާ މީހަކަށް ނުވުން (އަދި އެހެން ކުށެއް ސާބިތުވެފައިވާ ނަމަ، ހުކުމް ތަންފީޛުކޮށް ނިމުނުތާ ނުވަތަ އަދަބު މާފުކުރިތާ 3 އަހަރު ފުރިހަމަވެފައިވުން)
* ގެވެށި އަނިޔާގެ މައްސަލައެއްގައި ކޯޓަކުން ރައްކާތެރިކަމުގެ އަމުރެއް ނެރެފައިވާ މީހަކަށް ނުވުން
* ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމާއި، އިންތިހާބީ މަގާމެއް ފުރަމުންދާ މީހަކަށް ނުވުން
* މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ދައުވާއެއް އުފުލިފައިވާ މީހަކަށް ނުވުން
* ފުލުހުންގެ ތަމްރީނު ފުރިހަމަކުރެވޭ ފަދަ ސިއްހީ ދުޅަހެޔޮކަމާއި އަހުލާގު ރަނގަޅު މީހަކަށްވުން
މި ވަޒީފާއަށް މީހުން ހޮވުމުގައި ފިޒިކަލް ފިޓްނަސް، ފެތުން، މެޑިކަލް އެގްޒަމިނޭޝަން، ޕޮލިގްރާފް ޓެސްޓް، އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓް ކުރިއަށްގެންދާނެއެވެ. ވަޒީފާ ލިބޭނީ މި ޓެސްޓުތަކުން އެންމެ މަތީ މާކްސް ހޯދާ ފަރާތްތަކަށެވެ.
ވަޒީފާއަށް އެދޭ ފޯމާއި ކުށުގެ ރެކޯޑު ބަލާ ފޯމު ފުލުހުންގެ ރަސްމީ ވެބްސައިޓުން (www.police.gov.mv) ލިބެން ހުންނާނެއެވެ.
ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރިހަކީ 2026 ސެޕްޓެމްބަރު 30 ވާ ބުދަ ދުވަހުގެ ހަވީރު 16:00 އެވެ. ފޯމުތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން 16:00 އަށެވެ.ވަޒީފާގެ އިންޓަވިއުއަށް ކިޔާނީ ޝަރުތު ހަމަވެގެން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އެކަންޏެވެ.
.















ޚިޔާލުތައް (0)