ޚަބަރު

ކޮޅިގަނޑުގައި ޖެހި ފަޅުތެރޭ އޮތް ބޮއްކުރަލެއް އޮޅުކޮޅަށް ލައްވެއްޖެ

1 ދުވަސް ކުރިން އުސާމަތު މޫސާއުސާމަތު މޫސާ
FP
Liyuntherikan
ID Card
އިޝްތިހާރު

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފ. ދަރަނބޫދޫ ބަނދަރުން ބޭރު ފަޅުތެރޭގައި އަޅާފައި އޮތް ބޮއްކުރަލެއް، އައި ކޮޅިގަނޑެއްގައި ޖެހި އެ ރަށުގެ އިރުމަތީ ފަރާތު އޮޅުކޮޅަށް ލައްވެއްޖެއެވެ.
މީސްމީޑިއާއިން މަޢުލޫމާތު ލިބޭ ގޮތުގައި، ބުރާސްފަތި ދުވަހުގެ ރޭ އެއްކޮށް ދަރަނބޫދޫއަށް ބޯކޮށް ވާރޭވެހި، ވަރަށް ބޮޑަށް ވައިބާރުވެގެން ދިޔައެވެ. އަދި އެރޭ އައި ވަރުގަދަ ކޮޅިގަނޑާއެކު ފަޅުތެރޭގައި އޮތް ބޮއްކުރާ ވަނީ އޮޔާގޮސްފައެވެ. މި ބޮއްކުރާ ރަށުގެ އިރުމަތީ ފަރާތު އޮޅުކޮޅަށް ލައްވެފައި އޮއްވައި ފެނިފައިވަނީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
ހުކުރު ދުވަހު ދަރަނބޫދޫގެ ޒުވާނުންގެ ބަޔަކު ނިކުމެ މި ބޮއްކުރާ ސަލާމަތްކުރިއިރު، އެ ބޮއްކުރާ އޮތީ އޮޅުކޮޅު ގޮނޑުދޮށުގެ ފަސްގަނޑުގައި ވަރަށް ބޮޑަށް ވަޅުލެވިފައެވެ. އެއްކޮށް ފައިބަރުކޮށްފައިވާ މި ބޮއްކުރަލަށް އެކިވަރުގެ ގެއްލުންތައް ވެފައިވާނެ ކަމަށް ބެލެވުނު ނަމަވެސް، ލިބުނު ގެއްލުމުގެ ތަފްޞީލެއް އަދި މުޅިއަކުން ސާފެއް ނުވެއެވެ.

FP 25.1
ބޮއްކުރާ ސަލާމަތް ކުރުމުގައި ބަޔަކު ހަރަކާތްތެރިވަނީ: ފޮޓޯ–ވިލާ އެޑަމް (ފޭސްބުކް)

މި ބޮއްކުރާ ސަލާމަތްކުރުމުގައި ޢަމަލީ ގޮތުން ޙަރަކާތްތެރިވި ޒުވާނަކު މީސްމީޑިއާ (ފޭސްބުކް) ގައި ހާމަކޮށްފައިވާ ގޮތުގައި، ބޮއްކުރާ އޮޔާގޮސް ލައްވާފައިވަނީ އެރޭ އައި ގަދަ ކޮޅިގަނޑުގެ ސަބަބުން އޭގެ ފައްތިޔާ ކަނޑައިގެން ދިއުމާ ގުޅިގެންނެވެ

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

 

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ