ޚަބަރު

ފޯކައިދޫއަށް އަލަށް އުފަންވި ކުދިންނަށް ކައުންސިލްގެ ޚާއްޞަ ގިފްޓް ވައުޗަރު ޙަވާލުކޮށްފި

14 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
FP 22.3
Liyuntherikan
ID Card
އިޝްތިހާރު

ށ. ފޯކައިދޫ ކައުންސިލުން ވެފައިވާ ވަޢުދުގެ ދަށުން، މިހާތަނަށް އެ ރަށަށް އުފަންވި ހުރިހާ ތުއްތު ކުދިންނަށް ކައުންސިލްގެ ފަރާތުން ދޭ ޚާއްޞަ ”ގިފްޓް ވައުޗަރު“ ޙަވާލުކޮށް ނިންމާލައިފިއެވެ.
ފޯކައިދޫގެ ފަސްގަނޑަށް އަލަށް އުފަންވާ ކޮންމެ ތުއްތު ދަރިފުޅަކީ އެ ރަށުގެ ދިރުމާއި މުސްތަޤުބަލު ކަމަށްވާއިރު، އެ ކުދިން ދުނިޔެއަށް އުފަންވާ އުފާވެރި ވަގުތުގެ ފޮނި އުފަލުގައި ބައިވެރިވެ، ޢާއިލާތަކަށް ހިތްހަމަޖެހުން ގެނެސްދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ މި ޙަރަކާތުގައި، ގިފްޓް ވައުޗަރުތައް ޢާއިލާތަކާ ހަވާލުކޮށްފައިވަނީ ފޯކައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (WDC) ގެ ފަރާތުންނެވެ. މިއީ ހަމައެކަނި ދެވުނު މާއްދީ ހަދިޔާއެއްގެ އިތުރުން، އައު ދަރިފުޅާއެކު އެ ޢާއިލާތަކަށް ކައުންސިލާއި އ.ތ.މ ކޮމެޓީގެ ފަރާތުން ކީ އިޚްލާޞްތެރި އަދި ހޫނު މަރުޙަބާއެކެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން ފޯކައިދޫ ކައުންސިލުން ހާމަކުރި ގޮތުގައި، މި ޙަރަކާތަކީ ހަމައެކަނި ރަށުގެ އާބާދީ އިތުރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ކަމެއް ނޫނެވެ. މީގެ އެންމެ މުހިންމު މަޤްޞަދަކީ ރަށުގެ ކޮންމެ ޢާއިލާއަކީވެސް ކައުންސިލާ ގާތްގުޅުމެއް އޮތް، އަދި ކައުންސިލްގެ ލޯތްބާއި އަޅާލުން ލިބިގެންވާ ބައެއްކަން އިޙްސާސްކޮށްދިނުމެވެ.
ފޯކައިދޫ ކައުންސިލުން އިތުރަށް ބުނީ، އެ ކައުންސިލްގެ އެދުމަކީ ރަށުގެ މުސްތަޤުބަލު ކަމުގައިވާ މި ލޯބިވާ ތުއްތު ކުދިންނަށް އުފާވެރި، ބާއްޖަވެރި އަދި ފާގަތި ދިރިއުޅުމެއް ލިބިގެންދިޔުން ކަމަށެވެ. އަދި އެ ދަރިންނަކީ ދުޅަހެޔޮ، އަޚްލާޤު ރަނގަޅު، މައިންބަފައިންގެ ލޮލުގެ ފިނިކަން ކަމުގައިވާ ޞާލިޙު ދަރިންތަކެއްގެ ގޮތުގައި ހެދިބޮޑުވުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވުމަށްވެސް ކައުންސިލުން ވަނީ ދުޢާކޮށްފައެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ