ޚަބަރު

ޚައިރު ފައުންޑޭޝަނުން ފ. ދަރަނބޫދޫގައި ވާހަކަ ދެއްކުންތެރިކަމުގެ ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ހިންގައިފި

1 ދުވަސް ކުރިން އަޙްމަދު ޒުމީނުއަޙްމަދު ޒުމީނު
FP
ID Card
Liyuntherikan
އިޝްތިހާރު

ފ. ދަރަނބޫދޫ – ޚައިރު ފައުންޑޭޝަނާއި ކުއާޒާ އިންސްޓިޓިއުޓު ގުޅިގެން ފ. ދަރަނބޫދޫގައި ވާހަކަ ދެއްކުންތެރިކަން ދަސްކޮށްދިނުމުގެ ޚާއްސަ ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމަކީ މުޖުތަމަޢުގެ ފަރުދުންގެ މެދުގައި ވާހަކަދެއްކުމުގެ ހުނަރު ތަރައްޤީކޮށް، އިތުބާރާއެކު ވާހަކަދައްކަން ދަސްކޮށްދިނުމުގެ މަޤްޞަދުގައި ޖުމްލަ ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ.
ޚައިރު ފައުންޑޭޝަނުން މި ޕްރޮގްރާމް އިޢުލާނުކޮށް، އާންމުކޮށް އެންމެންނަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމާއެކު ރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ ވަރަށް ބޮޑު ތަރުޙީބެއް ލިބިގެން ގޮސްފައެވެ. އެގޮތުން، ދަރަނބޫދޫގެ އެކި މުއައްސަސާތަކުގެ މުވައްޒަފުންނާއި، ސްކޫލު ދަރިވަރުން ހިމެނޭހެން 60 އަށްވުރެ ގިނަ ފަރާތަކުން މި ޕްރޮގްރާމްގައި ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައިވާ ކަމަށް އެ ފައުންޑޭޝަނުން މަޢުލޫމާތު ދެއެވެ.
ޕްރޮގްރާމްގެ ބައިވެރިން ފާހަގަކުރި ގޮތުގައި، މިއީ ވާހަކަދެއްކުމުގައި ބޭނުންކުރާނެ ރީތި ބަހުރުވަތަކާއި، ޖަލްސާތަކާއި އެކިއެކި އިވެންޓްތައް ފުރިހަމަކަމާއެކު ހުށަހަޅައިދޭނެ ގޮތުގެ މުހިންމު ހުނަރުތަކެއް ދަސްވެގެންދިޔަ ނުހަނު ބޭނުންތެރި، ފައިދާހުރި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު ޚައިރު ފައުންޑޭޝަނުން ވަނީ، މި ޙަރަކާތް ކުރިއަށް ގެންދިއުމުގައި ދަރަނބޫދޫ ކައުންސިލާއި، އެޑް ޖަމްޢިއްޔާއިން ވެދެއްވި ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ. އަދި ހަމައެއާއެކު، ރަށުގެ އެކި މުއައްސަސާތަކުން ދެއްވި އެއްބާރުލުމާއި ބައިވެރިވުމަށް ވެސް އެ ފައުންޑޭޝަނުން ވަނީ ޚާއްސަ ޝުކުރެއް ރައްދުކޮށްފައެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ