ޚަބަރު

ފ. ދަރަނބޫދޫގައި ޤައުމީ ދުވަސް ފާހަގަކޮށްފި

1 ދުވަސް ކުރިން އަޙްމަދު ޒުމީނުއަޙްމަދު ޒުމީނު
Q
ID Card
Liyuntherikan
އިޝްތިހާރު

ރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަސް ރަށު ފެންވަރުގައި ފާހަގަކުރުމުގެ ގޮތުން ފ. ދަރަނބޫދޫގައި ޚާއްޞަ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. ދަރަނބޫދޫ ކައުންސިލާއި، ރަށުގެ މުއައްސަސާތަކުގެ އިތުރުން ރަށުގެ ޖަމްޢިއްޔާތައް ގުޅިގެން ކުރިއަށް ގެންދިޔަ މި ޙަރަކާތްތަކަކީ ދަރަނބޫދޫ ރައްޔިތުންގެ މެދުގައި ޤައުމީ ރޫޙު އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި ޙަރަކާތްތަކެކެވެ.
ޤައުމީ ދުވަހުގެ ޙަރަކާތްތައް ފެށުމުގެ ގޮތުން އެ ދުވަހުގެ ހެނދުނު ދަރަނބޫދޫ ކައުންސިލް އިދާރާ ކުރިމަތީގައި ވަނީ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
މި ދުވަހާ ގުޅުވައިގެން އެންމެ ޚާއްޞަ ޙަރަކާތެއްގެ ގޮތުގައި ބާއްވާފައިވަނީ އެ ދުވަހުގެ ރޭ ދަރަނބޫދޫ ސްކޫލުގައި ބޭއްވި ރަސްމީ ޖަލްސާއެވެ. މުޅި ރަށަށް ހުޅުވާލައިގެން ބޭއްވި މި ރަސްމިއްޔާތުގައި ޤައުމީ ދުވަސް ފާހަގަކުރުމުގެ ބޭނުމާއި، އެ ދުވަހުގެ މުހިންމުކަން ހަނދާން އާކޮށްދިނުމުގެ ގޮތުން ތަފާތު އައިޓަމްތައް ހުށަހަޅާފައިވެއެވެ.
މީގެ އިތުރުން، ދިވެހި ބަހާއި ޤައުމިއްޔަތަށް ލޯބިޖެއްސުމުގެ ގޮތުން ދަރަނބޫދޫގެ އެކި މުއައްސަސާތަކާއި ޖަމްޢިއްޔާތަކުން ވަނީ ބަހާއި ސަގާފަތާ ގުޅުންހުރި ތަފާތު ހުށަހެޅުންތައް މި ރަސްމިއްޔާތުގައި ކުރިއަށް ގެންގޮސްފައެވެ. މި ރަސްމިއްޔާތަށް ރަށުގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ހާޒިރުވެ، ފޯރިއާއެކު ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ.
ދަރަނބޫދޫގައި ޤައުމީ ދުވަސް މިހާ ކުލަގަދަކޮށް ފާހަގަކޮށްފައިވާއިރު، މިދިޔަ މަހު ފާހަގަކުރި ރާއްޖޭގެ މިނިވަން ދުވަސްވެސް ކައުންސިލާއި މުއައްސަސާތަކުން ގުޅިގެން ރަށު ފެންވަރުގައި ކުލަގަދަކޮށް ފާހަގަކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ