ޚަބަރު

ދަރަނބޫދޫގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ކައުންސިލުން ރައްޔިތުންނާ ބައްދަލުކޮށްފި

17 ގަޑިއިރު ކުރިން އަޙްމަދު ޒުމީނުއަޙްމަދު ޒުމީނު
761878364 1957945094908540 6321738738022345807 n
Liyuntherikan
ID Card
އިޝްތިހާރު

ފ. ދަރަނބޫދޫ: ފާއިތުވި ފަސްވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ރަށުގެ ބިމުން ބޮޑު ބައެއް ގިރަމުންދާ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި، ފ. ދަރަނބޫދޫ ކައުންސިލުން ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.

އޯގަސްޓް މަހުގެ 3 ވަނަ ދުވަހުގެ ރޭ ދާރުލް ޢުލޫމުގައި ބޭއްވި މި ބައްދަލުވުމަކީ، ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމެކެވެ. ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، ރަށްގިރުމުގެ މައްސަލައަކީ މިހާރު ކައުންސިލުން އެންމެ އިސްކަމެއް ދީގެން ޙައްލުކުރަން ބޭނުންވާ ކަންތަކެވެ. މިކަމާ ގުޅޭގޮތުން ކުރީގެ ކައުންސިލްތަކުންވެސް އެކި ފެންވަރުގައި މަސައްކަތްތަކެއް ކޮށްފައިވާކަން ކައުންސިލުން ފާހަގަކުރިއެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ހައުސިންގ މިނިސްޓްރީން މިހާރު ވަނީ މި މައްސަލަ ޙައްލުކުރުމަށް ޕްލޭނެއް އެކުލަވާލައި ކައުންސިލަށް ފޮނުވާފައެވެ. މި ޕްލޭނަކީ ފާއިތުވީ ދުވަސްތަކުގައި ކައުންސިލުން ފޯރުކޮށްދީފައިވާ މަޢުލޫމާތުތަކާއި ރިޕޯޓްތަކުގެ އިތުރުން، ރަށުގެ ބިމަށް އައިސްފައިވާ ބަދަލުތަކަށް ބަލައިގެން އެކުލަވާލާފައިވާ ޗާޓެއް ކަމަށް ކައުންސިލުން ބުންޏެވެ.

ހައުސިންގ މިނިސްޓްރީގެ ޕްލޭނުގައި ހިމެނޭ މައިގަނޑު ކަންތައްތައް:

  • ރަށުގެ ފަސްގަނޑު ކަނޑަށް ދިއުން މަދުކުރުމަށް 3 ސަރަޙައްދެއްގައި ޖުމުލަ 14 ގްރޮއިން ބެޑް (ޓީ ނުވަތަ ވައިޓީ ޝޭޕް) ޖެހުން.
  • ރަށުގެ އެންމެ ރާޅުބޮޑުވާ ފުއްޓަރު ސަރަޙައްދުގައި 432 މީޓަރުގެ ވޯޓަރ ބްރޭކަރެއް ހެދުން. (މި ވޯޓަރ ބްރޭކަރު ހުންނާނީ ހިކި ދިޔައިގައި ފެންނަވަރަށް، ބޮޑު ދިޔައިގައި ނުފެންނަ ވަރަށެވެ.)
  • ވަރަށް ބޮޑަށް ގިރާލާފައިވާ އޮޅުކޮޅު ސަރަޙައްދުގެ ގުންޑޮޅި ޙިމާޔަތްކުރުމަށް 249 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުން.
F.DharanboodhooShore (1) aabf4b81 b050 4130 9a43 91b4f3cd7a6d
ހައުސިން މިނިސްޓްރީން އެކުލަވާފައިވާ ޕްލޭން

މި ބައްދަލުވުމުގައި ރައްޔިތުންގެ ފަރާތުން ވަނީ މުހިންމު ޚިޔާލުތަކެއް ހުށަހަޅާފައެވެ. އެގޮތުން ފުއްޓަރުގައި ހަދާ ވޯޓަރ ބްރޭކަރު ދެފެން ދޭތެރޭގައި ހުންނަގޮތަށް ހިލަޖަހައިގެން ހެދުމުން، ރާޅުބޮޑު ސަރަޙައްދެއް ކަމުން ހިލަތައް ނުހިފަހައްޓާނެ ކަމަށް ރައްޔިތުން ފާހަގަކުރިއެވެ. އޭގެ ބަދަލުގައި ހަތަރު ފައި ހުންނަ ’ބަޖިޔާ ޝޭޕް‘ ގާ ބޭނުންކުރުން ރައްކާތެރިވާނެ ކަމަށާއި، ވޯޓަރ ބްރޭކަރު އޮޅުކޮޅާވީ ފަޅިން އިތުރަށް ބޮޑުކުރުމަށް ރައްޔިތުން ލަފާދިނެވެ. އަދި ޖިއޯ ބޭގަކީ ގިނަދުވަހު ހުންނަ އެއްޗަކަށް ނުވާތީ، އެ ނޫން ގޮތެއް ހޯދުމަށްވެސް މަޝްވަރާ ކުރެވުނެވެ.

ދަރަނބޫދޫއަކީ ލޯކަލް ޓޫރިޒަމަށް ތައްޔާރުވަމުން އަންނަ ރަށަކަށްވާއިރު، ރަށުގެ ބީޗު ޙިމާޔަތްކުރުމަކީ ނުހަނު ބޭނުންތެރި ކަމެއްކަން ކައުންސިލުން ފާހަގަކުރިއެވެ. ބައްދަލުވުން ނިންމާލަމުން ކައުންސިލުން ވިދާޅުވީ، ރައްޔިތުން ހުށަހެޅި ކަންބޮޑުވުންތަކާއި ޚިޔާލުތައް އަލުން މިނިސްޓްރީއާ ޙިއްސާކުރާނެ ކަމަށެވެ. އަދި މި މަސައްކަތުގެ ރަސްމީ ސާވޭއަށް ވަރަށް އަވަހަށް ބަޔަކު ރަށަށް އަންނާނެ ކަމަށާއި، އެ ސާވޭގެ ތެރެއިންވެސް ރައްޔިތުންގެ ޚިޔާލު ދިނުމަކީ މުހިންމު ކަމެއް ކަމަށް ކައުންސިލުން ބުންޏެވެ

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ