ޚަބަރު

ދަރަނބޫދޫގައި ވޯލްޑްކަޕް ފޯރި ގަދަވެ، ތައްޔާރީތައް ނިންމާލައިފި

2 ގަޑިއިރު ކުރިން ޚާލިދު ސުލައިމާނުޚާލިދު ސުލައިމާނު
FP
Liyuntherikan
ID Card
އިޝްތިހާރު

ފ. ދަރަނބޫދޫ: ފުޓްބޯޅައަށް އިންތިހާއަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ފ. ދަރަނބޫދޫގައި، މިރޭ ފެށުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފޯރި ވަރަށް ގަދަވެއްޖެއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މަޢުލޫމާތުތަކަށް ބަލާއިރު، މި ފަހަރުގެ ވޯލްޑްކަޕަށް ދަރަނބޫދޫ ޒުވާނުން ތައްޔާރުވާން ފަށާފައިވަނީ މީގެ އެތައް ދުވަހެއް ކުރިންނެވެ.

މި މުބާރާތާ ދިމާކޮށް ދަރަނބޫދޫގެ ގިނަ ރައްޔިތުން ވަނީ އެމީހަކު ސަޕޯޓްކުރާ ޓީމުތަކުގެ ޖާޒީއާއި ދިދަ ފަދަ ތަކެތި ވަރަށް ދުރާލައި ހޯދައި، ރަށު ތެރޭގައި ފޯރި ދައްކަން ފަށާފައެވެ. އާންމުކޮށް ހުޅުވާލައިގެން މެޗުތައް ބެލޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ދަރަނބޫދޫގެ ހަތަރު ސަރަޙައްދެއްގައި މިހާރު ވަނީ ޖަގަހަތައް ހަދައި ނިންމާފައެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

މީގެ ތެރޭގައި ސިޔާސީ ޙަރަކާތްތައް ހިންގަމުން އައި ދެ ހަރުގެއެއްގައި ތައްޔާރުކުރި ދެ ޖަގަހައާއި، ކައުންސިލްގެ އިސްނެގުމާއެކު ހިންގާ ރައްޔިތުންގެ ޓީވީ ރޫމުގެ އިތުރުން ”50+“ ގެ ނަމުގައި ހަދާފައިވާ ޖަގަހައެއް ހިމެނެއެވެ. މި ތަންތަން ފަރުމާކޮށް، މެޗު ބެލޭނެ އިންތިޒާމުތައް ހަމަޖެއްސުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވަނީ ދަރަނބޫދޫގެ ހީވާގި ޒުވާނުންނެވެ.

މި ފަހަރުގެ ވޯލްޑްކަޕް އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި ދަރަނބޫދޫ ޒުވާނުން އިސްވެ ގްރޫޕެއް ހަދައިގެން ވަނީ ފަންޑް ރައިޒިންގ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ. މި ފަންޑަކީ މެޗުތައް ކުރިއަށްދާއިރު ޖަގަހަތަކަށް މެޗު ބަލަން އަންނަ ފަރާތްތަކަށް ކެއުންބުއިމުގެ އިންތިޒާމާއި، ބިލެތް މީރުކޮށްލުން ފަދަ ކަންކަން ހަމަޖެއްސުމަށް އެއްކުރި ފަންޑެކެވެ. މި ހަރަކާތަށް ފ. ދަރަނބޫދޫ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.

މިރޭ ވޯލްޑްކަޕްގެ ”ޢީދު“ ފެށިގެންދާއިރު، މިއީ ފ. ދަރަނބޫދޫގެ ދެ ޖިންސުގެ، ކުދިބޮޑު އެންމެހާ ރައްޔިތުންގެ ބައިވެރިވުން ފެނިގެންދާ، ރަށުގެ އެއްބައިވަންތަކަން ރަމްޒުކޮށްދޭ ވަރަށް ފުރިހަމަ ހަރަކާތަކަށް ވެގެންދާނެއެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ