ފާފު އެކަޑަމީ ލީގު 2026 މާދަމާ ފަށަނީ

ފާފު އެކަޑަމީ ލީގު 2026 މާދަމާ ފަށަނީ

Picture1

ފާފު އެކަޑަމީ ލީގު 2026 މާދަމާ ފަށަނީ

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ފާފު އަތޮޅުގެ ރައްތަކާއި ދާލު އަތޮޅުގެ އުތުރުބިތުގެ ރަށްތަކުގެ ކުޅިވަރު އެކަޑަމީ ތަކަށް އަމާޒުކޮށްގެން ބާ ”ފާފު އެކަޑަމީ ލީގު“ މާދަމާ ފެށުމަށް ހަމަޖެހިއްޖެއެވެ. މި މުބާރާތަކީ ފ. ނިލަންދޫގެ މައްޖުސަރ އެކަޑަމީން އިސްނަގައިގެން، މި ސަރަހައްދުގައި ހަރަކާތްތެރިވާ ފުޓްބޯޅަ އެކަޑަމީތަކާ ގުޅިގެން ބާއްވާ ފުޓްސަލް ލީގެކެވެ. ލީގު ރަސްމީކޮށްފެޓުން އޮންނާނީ މާދަމާ ދަރަނބޫދޫ ފުޓްސަލް ދަނޑުގައެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ އުމުރުފުރާއެވެ. މި ލީގުގެ މައިގަނޑު މަގްސަދަކީ މި ސަރަހައްދުގެ ކުޑަކުދިންގެ މެދުގައި ފުޓްބޯޅައިގެ ފޯރި އިތުރުކޮށް، ހުނަރުވެރި ކުޅުންތެރިން އުފެއްދުމަށް ފުރުސަތު ހޯދައިދިނުމެވެ.

މިފަހަރުގެ ލީގުގައި ޖުމްލަ 4 އެކަޑަމީއަކުން ބައިވެރިވެފައިވެއެވެ. އެއީ މަގޫދޫ ކައުންސިލް އެކަޑަމީ، ދަރަނބޫދޫ ޚައިރު ސްޕޯޓްސް އެކަޑަމީ، ނިލަންދޫ މައްޖުސަރ އެކަޑަމީ އަދި ދ. ބަނޑިދޫ މައިޝަން އެކަޑަމީ

މި މުބާރާތް ރޭވިފައިވަނީ ”ހޯމް އެންޑް އަވޭ“ އުސޫލުން ކަމަށްވާތީ، ކޮންމެ އެކަޑަމީއަކަށްވެސް އަމިއްލަ ރަށުގައި ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ލީގުގެ ފުރަތަމަ ދުވަހު ކޮންމެ އުމުރުފުރާ އަކުންވެސް 2 މެޗްކުޅެވޭނެއެވެ. މިގޮތުން ދަރަނބޫދޫ ޚައިރު ސްޕޯޓްސް އެކަޑަމީ އާއި މަގޫދޫ ކައުންސިލް އެކަޑަމީ ބައްދަލުކުރާ މެޗްތައް ކުޅެވޭނީ ދަރަނބޫދޫގައެވެ. އަދި ނިލަންދޫ މައްޖުސަރ އެކަޑަމީ އާއި ބަނޑިދޫ މައިޝަން އެކަޑަމީ ބައްދަލުކުރާމެޗްތައް ކުޅެވޭނީ ބަނޑިދޫގައެވެ. މިއީ މި ސަރަހައްދުގައި މިފަދަ ގޮތަކަށް އެކަޑަމީތަކަށް ޚާއްސަކޮށްގެން ބޭއްވޭ ފުރަތަމަ ލީގެވެ.

އޭޕްރިލް 17 ވާ ބުދަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ލީގުގެ މެޗުތައް އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މައްޖުސަރ އެކަޑަމީން މައުލޫމާތު ދޭ ގޮތުގައި، މި މުބާރާތުގެ ސަބަބުން ރަށްރަށުގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، ކުޑަކުދިންނަށް ކުޅިވަރުގެ ރޫހާ އެއްގޮތަށް ކުރިއަށް ދިއުމުގެ ހިތްވަރު ލިބިގެންދާނެއެވެ.

ޓެގް:

ޙިއްސާ ކުރައްވާ:

ކޮމެންޓް

ގުޅުންހުރި