ފެންޓަސީ ލީގުގެ އޮކްޓޯބަރު މަހުގެ އެއްވަނަ މެނޭޖަރަކަށް މުޙައްމަދު ޖައިލަމް ހޮވިއްޖެ

ދަނިއުސް އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ފެންޓަސީ ލީގު 2026/27 ގެ އޮކްޓޯބަރު މަހު އެންމެ ގިނަ ޕޮއިންޓް ހޯދި މެނޭޖަރަކަށް މުޙައްމަދު ޖައިލަމް (ޑިނޮއްކޮ) ހޮވިއްޖެއެވެ.
މި ލީގުގައި މިދިޔަ އޮކްޓޯބަރު މަހު ޖުމުލަ 4 ހަފްތާގެ ކުޅުން ކުރިއަށް ގެންގޮސްފައިވާއިރު، މި ހަތަރު ހަފްތާގެ ތެރޭގައި ޖައިލަމް ވަނީ ޖުމުލަ 258 ޕޮއިންޓް ހޯދާފައެވެ. މިއީ މި ސީޒަނުގައި މިހާތަނަށް ކުޅެވުނު 3 މަހުގެ ތެރޭގައި އެއް މަހެއްގެ ތެރޭގައި މެނޭޖަރަކު ހޯދި އެންމެ ގިނަ ޕޮއިންޓެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޖައިލަމް ދަނިއުސް ފެންޓަސީ ލީގާ ގުޅިފައިވަނީ ލީގު ފެށުނުފަހުން، 4 ވަނަ ހަފްތާއިން ފެށިގެންނެވެ. އޮކްޓޯބަރު މަހުގެ އެންމެ މޮޅު މެނޭޖަރުގެ މަޤާމު އޭނާ ހޯދީ އެއްވެސް ހަފްތާއެއްގައި ޕޮއިންޓް މައިނަސް ނުކޮށް، އަދި އެއްވެސް ޗިޕެއް އެކްޓިވޭޓް ނުކޮށެވެ. ނަމަވެސް، ލީގު ފަހުން ފެށުމާ ގުޅިގެން ޖުމުލަ ތާވަލަށް ބަލާއިރު އޭނާ މިވަގުތު އޮތީ ލީގުގެ 26 ވަނަ މަޤާމުގައެވެ.
އޮކްޓޯބަރު މަހުގެ ވާދަވެރި ރޭހުގައި ޖައިލަމްއާ އެންމެ ގާތުން ދެވަނައަށް ވާދަކޮށްފައިވަނީ މުއައްދު މުޙައްމަދެވެ. މި ދެ މެނޭޖަރުންގެ ދެމެދުގައި އޮތީ އެންމެ 10 ޕޮއިންޓުގެ ފަރަގެކެވެ. މުއައްދަކީ މިދިޔަ ސެޕްޓެމްބަރު މަހުގައިވެސް މި ލީގުގެ ދެވަނަ ހޯދި މެނޭޖަރެވެ.
ދަނިއުސް ފެންޓަސީ ލީގަކީ ޕިނަކްލް ސާރވިސް އާއި ސަމާލް ކޮންސްޓްރަކްޝަންގެ އެހީތެރިކަމާއެކު ދަރަނބޫދޫގެ ޒުވާނުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ފޯރިގަދަ އޮންލައިން ގޭމެކެވެ. މި މުބާރާތުގައި ކޮންމެ މަހަކުވެސް އެއްވަނަ މެނޭޖަރަކަށް ހޮވޭ ފަރާތަކަށް އެ މަހެއްގައި އެ ފަރާތަކަށް ލިބޭ ޖުމުލަ ޕޮއިންޓުގެ ޢަދަދަށްވާ ފައިސާގެ އިނާމެއް ދަނިއުސް އިން ދެމުން ގެންދެއެވެ.
މި ލީގުގެ 4 ވަނަ މަހުގެ ކުޅުން މިރޭ ފެށިގެންދާއިރު، މި މަހުގައި ކުޅުމަށް ހަމަޖެހިފައިވަނީ ހަފްތާ 10 އިން ފެށިގެން 12 އަށް، ޖުމުލަ 3 ހަފްތާގެ މެޗުތަކެވެ.















ޚިޔާލުތައް (0)