ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ އިތުރު ފަރުވާއަށް މާލެ ފޮނުވާލަނީ

ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ އިތުރު ފަރުވާއަށް މާލެ ފޮނުވާލަނީ

667895256 1349273967234913 7470069260171818546 n

ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ އިތުރު ފަރުވާއަށް މާލެ ފޮނުވާލަނީ

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ފ. ފީއަލީ ބަނދަރު ސަރަހައްދުގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފިހުނު ބިދޭސީ މީހާއަށް ފީއަލީ ސިއްޙީ މަރުކަޒުގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތް ފަށައިފިއެވެ.

ފީއަލީ ސިއްޙީ މަރުކަޒުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގައި އަނިޔާވެފައިވަނީ ބިދޭސީ ފިރިހެނަކަށެވެ. އޭނާގެ ހަށިގަނޑުގެ ބޮޑުބައެއް ފަސްޓް ޑިގްރީއަށް ފިހިފައިވާތީ، އިތުރު ފަރުވާއަށް މާލެއަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، އެރަށަށް ބަލިމީހާ ބަލައި ސީއެމްބިއުލޭންސް ދަތުރުކުރަމުން އަންނަ ކަމަށް އެ މަރުކަޒުން ބުނެއެވެ.

މިއަދު ހެނދުނު ހިނގި މި ހާދިސާގައި އަލިފާން ފުރަތަމަ ރޯވެފައިވަނީ އެ ރަށު ބަނދަރުގައި އޮތް ތެޔޮ ދޯންޏެއްގައެވެ. މި އަލިފާންގަނޑު ފެތުރި، ކައިރީގައި އޮތް ފާނަ މަސްވެރިކަން ކުރާ ދެ ދޯންޏަކާއި ވެލި އުފުލާ ދޯންޏެއްގައި ވަނީ ރޯވެފައެވެ. އަލިފާން ރޯވި ހަތަރު ދޯނިވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

މީގެ އިތުރުން، ދޯނިތައް އޮތް ސަރަހައްދާ ވަރަށް ކައިރީގައި ހުރި އައިސް ޕްލާންޓުގައިވެސް އަލިފާން ރޯވެ، އެ އިމާރާތާއި މެޝިނަރީޒް ވަނީ އެއްކޮށް އަނދައި ބޭނުންނުކުރެވޭ ވަރުވެފައެވެ. ނަމަވެސް، އެ ސަރަހައްދުގައި ހުރި ތެޔޮ ރައްކާކުރާ ތަނަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަން ފާހަގަކުރެވެއެވެ.

މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، ފ. ނިލަންދޫގައި މަސައްކަތްކުރާ ފަޔާ ފައިޓަރުންނާއި ފީއަލީގެ ގިނަ އަދަދެއްގެ ރައްޔިތުން ގުޅިގެން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިހާތަނަށް އަލިފާން އެއްކޮށް ކޮންޓްރޯލް ކުރެވިފައި ނުވި ނަމަވެސް، ކުރިއަށްވުރެ ބޮޑަށް އަލިފާންގަނޑު މަދުކުރެވިފައިވާ ކަމަށް އެ ރަށުން މަޢުލޫމާތު ލިބެއެވެ

ޙިއްސާ ކުރައްވާ:

ކޮމެންޓް

ގުޅުންހުރި