އެމްޕީ ސައުދާ ޤުރުއާން މުބާރާތް ފަށައިފި

އެމްޕީ ސައުދާ ޤުރުއާން މުބާރާތް ފަށައިފި

650119821 1548813420581926 4243452562355240378 n

އެމްޕީ ސައުދާ ޤުރުއާން މުބާރާތް ފަށައިފި

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

އެމްޕީ ސައުދާ ދަރަނބޫދޫ ކައުންސިލްގެ 2 ވަނަ ޤުރުއާން މުބާރާތް 1447 ގެ ކިޔެވުން މިއަދު ފަށައިފިއެވެ.

އާންމުކޮށް ހުރިހާ އުމުރު ފުރައެއްގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވުނު މިމުބާރާތް ކުރިއަށް ގެންދަނީ 2 ގޮތްޕަކަށް ބަހާލައިގެންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ.

މި މުބާރާތް މިއަދު ފެށުނު އިރު ޖުމުލަ 68 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް ދަރަނބޫދޫ ކައުންސިލުން މަޢުލޫމާތު ދެއްވާފައިވެއެވެ. ދެ ދަންފަޅިއަކަށް ބަހާލާފައިވާ މި މުބާރާތް ކުރިއަށް ދަނީ ދަރަނބޫދޫ ދާރުލް ޢުލޫމްގައެވެ.

ދަރަނބޫދޫ ކައުންސިލުންވަނީ ރަނގަޅު ފެންވަރެއްގައި މި މުބާރާތުގެ ކަންކަން އިންތިޒާމްކޮށް ތަން ޒީނަތްތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިކަން ފާހަގަކުރެވެއެވެ.

ރައްޔިތުންނާއި ކުދިންގެ މެދުގައި ޤުރުއާނަށް ލޯބި ޖައްސައި، އަތޮޅާއި ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ޤާބިލް ފަރާތްތަކެއް އުފެއްދުމުގެ މަޤްޞަދުގައި ދަރަނބޫދޫ ކައުންސިލުން ބާއްވަމުން އަންނަ މި މުބާރާތުގެ ޓައިޓަލް ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ސްޕޮންސަރ ކުރައްވާ މިއީ ދެވަނަ ފަހަރެވެ. ދަނިއުސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ކުރުމަށް 25،000ރ ދަރަނބޫދޫ ކައުންސިލަށް ދަށްކަން ޖެހެއެވެ.

ޙިއްސާ ކުރައްވާ:

ކޮމެންޓް

ގުޅުންހުރި