ޝަލަބީއާއެކު ޖަޒީރާ މަދަޙަ މުބާރާތުގެ ފަރިތަކުރުންތައް ފަށައިފި

ޝަލަބީއާއެކު ޖަޒީރާ މަދަޙަ މުބާރާތުގެ ފަރިތަކުރުންތައް ފަށައިފި

649586116 1546981507431784 9054934614162491226 n

ޝަލަބީއާއެކު ޖަޒީރާ މަދަޙަ މުބާރާތުގެ ފަރިތަކުރުންތައް ފަށައިފި

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ފުއްޓަރު ސްޕޯޓްސް ކުލަބާއި ދަރަނބޫދޫ ސްކޫލް ގުޅިގެން ކުރިއަށް ގެންދާ ”ޖަޒީރާ މަދަޙަ މުބާރާތް 1447“ ގެ ފަރިތަކުރުންތައް މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމާއެކު މިއަދު ފަށައިފިއެވެ. މި މުބާރާތުގެ ބައިވެރިންނަށް މަދަޙަ ކިޔުމަށް އެހީތެރިވުމަށް ޝަލަބީ ދަރަނބޫދޫއަށް އައިސްފައިވަނީ އިއްޔެގައެވެ.
ޖަޒީރާ މަދަޙަ މުބާރާތަކީ ސްކޫލު ދަރިވަރުންގެ އިތުރުން އާންމުންނަށް ބައިވެރިވެވޭ ގޮތަށް އިންތިޒާމް ކުރެވިގެން ކުރިއަށް ގެންދެވޭ މުބާރާތެކެވެ. އަދި މިއީ ފަންނުވެރިކަން ކުރިއަރުވައި ދީނީ އަދި ދިވެހި އަދަބިއްޔާތަށް ލޯބި ޖެއްސުމާއި، ފެންވަރު ރަނގަޅު މަދަޙަ ކިޔުންތެރިން އުފެއްދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.
މިމަހުގެ 17 އަދި 18 ވަނަ ދުވަހު ކުރިއަށް ގެންދާ މިމުބާރާތް ބަހާލެވިފައިވަނީ މައިގަނޑު 3 ބަޔަކަށެވެ. އެއީ ވަކިވަކި މަދަޙަ ހުށަހެޅުމުގެ ބަޔާއި، ގުރޫޕް މަދަޙަ އަދި ޑުއެޓް މަދަޙަ ހުށަހެޅުމުގެ ބައެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދަރަނބޫދޫ ސްކޫލުގައެވެ.
ޖަޒީރާ މަދަޙަ މުބާރާތުގެ ފެންވަރު ރަނގަޅުކޮށް ބައިވެރިންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ފުއްޓަރު ސްޕޯޓްސް ކުލަބުން ޝަލަބީ ގެނެސް ފަރިތަކުރުންތައް ފަށާފައިވާއިރު، ޝަލަބީއަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބޭއްވޭ އެކިއެކި މަދަޙަ މުބާރާތްތަކުގައި ބައިވެރިންނަށް މަދަޙަ ކިޔަން ދަސްކޮށް ދިނުމުގެ ތަޖުރިބާހުރި ފަރާތެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ޙިއްސާ ކުރައްވާ:

ކޮމެންޓް

ގުޅުންހުރި