ތަފާތު މަންޒަރެއް: އެމްޑީ މުބީނާއެކު ދަރިފުޅު ޕޯޑިއަމްގައި!

ތަފާތު މަންޒަރެއް: އެމްޑީ މުބީނާއެކު ދަރިފުޅު ޕޯޑިއަމްގައި!

519971665 1247745554031509 8656308911930018202 n

ތަފާތު މަންޒަރެއް: އެމްޑީ މުބީނާއެކު ދަރިފުޅު ޕޯޑިއަމްގައި!

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީނާއެކު އޭނާގެ ދަރިފުޅު ޕޯޑިއަމްއެއް ކައިރީ ހުންނަ ފޮޓޯއަކަށް ގިނަބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

މިއީ މިމަހުގެ 15 ވަނަ ދުވަހުގެ ރޭ މީރުމާގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އިން ބާއްވާފައިވާ ޚާއްސަ ޙަފްލާއެއްގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެކެވެ. އެމްޑީ މުބީނު ވަނީ މިފޮޓޯތައް އޭނާގެ ފޭސްބުކުގައި އާންމުކޮށްފައެވެ. މި ފޮޓޯތަކުން ފެންނަނީ މުބީނުގެ 12 އަހަރުގެ ފިރިހެން ދަރިފުޅު މިކިޔާލް، ބައްޕަ ޕޯޑިއަމްގައި ވާހަކަ ދައްކަވަން ހުންނައިރު ބައްޕަ ކައިރީ ހިނިތުންވުމާއެކު ކޮޅަށް ހުންނަ މަންޒަރުތަކެވެ.

އެމްޑީ މުބީނުގެ އަރިހުގައި ދަރިފުޅު މިކިޔާލް | ފޮޓޯ އެފް.ބީ

ފޮޓޯތައް ފޭސްބުކުގައި ހިއްސާކުރައްވަމުން ހިމަނާފައިވާ ލިޔުންކޮޅުން އެނގޭ ގޮތުގައި މިއީ މުބީނަށް ވަރަށް ޚާއްސަ ވަގުތުކޮޅެކެވެ. މުބީން ލިޔުއްވާފައިވާ ގޮތުގައި މުވައްޒަފުންނާއި ބައްދަލުކޮށް ޕޯޑިއަމްގައި ވާހަކަ ދައްކާތަނުގައި މިކިޔާލް އެހުރީ އަމިއްލައަށް ބޭނުންވެގެންނެވެ. އަދި އެފަދަ ޕޯޑިއަމްތަކުގައި ބައްޕަ ވާހަކަ ދައްކާ ސްޓައިލްގައި ފަރިތަކޮށް ވާހަކަ ދެއްކުމަކީ މިކިޔާލްވެސް ވަރަށް ގަޔާވާކަމެއްކަން ފާހަގަކުރެވުނެވެ. ލިޔުންކޮޅު ނިންމާލަމުން މުބީން ވިދާޅުވެފައިވަނީ އަރިހުގައި މިކިޔާލް ހުރުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔަކަމަށާއި، އެކުގައި މަސައްކަތް ކުރެއްވި މުވައްޒަފުންގެ ބުރަ އަދި މިންނެތް މަސައްކަތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

އެމްޑީ މުބީނުގެ އެފްބީ ޕޯސްޓް

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ އެމްޑީގެ މި ޕޯސްޓް މީސްމީޑިއާގައި ވަރަށް ބޮޑަށް ވައިރަލް ވަމުން އަންނައިރު މިއީ ޒިންމާދާރު އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އަރިހުގައި ޕޯޑިއަމްތަކުގައި އެބޭބޭފުޅުންގެ ދަރިން ބައިވެރިވުން އެއީ ރާއްޖެއާއި ދުނިޔޭގައިވެސް ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި