ޚައިރު އެކަޑެމީން ދަރަނބޫދޫގައި ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށަނީ!

ޚައިރު އެކަޑެމީން ދަރަނބޫދޫގައި ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށަނީ!

499422397 122232975476224370 6915835118699378174 N

ޚައިރު އެކަޑެމީން ދަރަނބޫދޫގައި ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށަނީ!

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ޚައިރު ސްޕޯޓްސް އެކަޑެމީން އިސްނަގައިގެން ފ. ދަރަނބޫދޫގައި ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވެއްޖެއެވެ. މިއީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއާއި މޯލްޑިވްސް ސްވިމިންގ އެސޯސިއޭޝަނާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ޕްރޮގްރާމާއި ބެހޭގޮތުން ޚައިރު ސްޕޯޓްސް އެކަޑެމީން ބުނެފައިވަނީ މާދަމާއިން ފެށިގެން 15 ދުވަހުގެ މުއްދަތަށް މި ޕްރޮގްރާމް ކުރިއަށް ގެންދާނެކަމަށާއި، ސްކޫލު ދަރިވަރުންނާއި އާންމުންނަށްވެސް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ޕްރޮގްރާމް ރޭވިފައިވަނީ ވަކި އަދަދަކަށް ޕޮއިންޓް ހަމަކޮށް ވަކި ޓާސްކްތަކެއް ފުރިހަމަކުރުމުން ސްވިމިންގ އެސޯސިއޭޝަނުންދޭ ރަސްމީ ސެޓްފިކެޓެއްވެސް ޙާސިލްކުރެވޭނެ ގޮތަށްކަމަށް އެ އެކަޑެމީން މަޢުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމްގައި ފަތަން ދަސްކޮށް ދިނުމަށް އިންސްޓްރަކްޓަރ އެއްގޮތުގައި މަސައްކަތް ކުރައްވާނީ ނައުފަލް މޫސާއެވެ.  ނައުފަލް އަކީ ކުޅިވަރު ހިންގުމާއި، މީހުން ތަމްރީނު ކުރުމުގެ ރޮނގުން 2018 ވަނަ އަހަރު ޤައުމީ އިނާމު ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ފަތަން ދަސްކޮށް ދިނުމުގެ ޕްރޮގްރާމްތައް ހިންގުމުގައި 25 އަހަރު ޚިދުމަތް ކުރައްވާފައިވާ ނައުފަލްއަކީ ބޭރުދުނިޔޭގައިވެސް ދިވެހިރާއްޖެ ތަމްސީލް ކުރައްވާފައިވާ ފެތުން ތެރިއެކެވެ. އަދި އޭނާއަކީ ފަތަމާ ހިނގާ ޕްރޮގްރާމްގެ އެމްބެސެޑަރުވެސް މެއެވެ.

103619 C49975eb 3
ނައުފަލް މޫސާ 2018 ވަނައަހަރު ޤައުމީ އިނާމާއެކު | ފޮޓޯ: ރައީސް އޮފީސް

ޚައިރު ސްޕޯޓްސް އެކަޑެމީން މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ޕްރޮގްރާމް ފެށުމުގެ ކުރިން ޕްރޮގްރާމަށް ހޭލުންތެރިކުރުމުގެ ގޮތުން އަދި މަޢުލޫމާތު ދިނުމުގެ ގޮތުން ބައްދަލުވުންތަކެއް ބާއްވާނެއެވެ. އެގޮތުން ކަމާއި ގުޅުންހުރި ދަރަނބޫދޫގެ މުވައްސަސާތަކާއެކު ބައްދަލުވުމެއް ބާއްވައި، ސްކޫލު ދަރިވަރުންގެ ބެލެނިވެރިންނަށްވެސް އަމާޒުކޮށްގެން ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވެފައިވާއިރު، ދަރަނބޫދޫއަކީ މޫދުގައި ހިތާމަވެރި ހާދިސާތަކެއް ހިނގާފައިވާ ރަށެއްކަން ފާހަގަކުރެވެއެވެ. އެގޮތުން މޫދަށް ވެއްޓި މަރުވުމުގެ ހާދިސާތަކާއި ނުރައްކާތެރި އެހެން ހާދިސާތައްވެސް ހިނގާފައި އެބަހުއްޓެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި