ޚަބަރު

ކައުންސިލާއި ފުލުހުން ގުޅިގެން ދަރަނބޫދޫގައި ކަސްރަތު ޕްރޮގްރާމެއް ފަށައިފި

1 އަހަރު ކުރިން އުސާމަތު މޫސާއުސާމަތު މޫސާ
Kas
ID Card
Liyuntherikan
އިޝްތިހާރު

ފ. ޕޮލިސް އާއި ފ. ދަރަނބޫދޫ ކައުންސިލް ގުޅިގެން ދަރަނބޫދޫގައި ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ.

ދަރަނބޫދޫ ރައްޔިތުންނަށް ބައިވެރިވެވޭ ގޮތަށް އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ފ.އަތޮޅު ފުލުހުންނާއި ދަރަނބޫދޫ ކައުންސިލް ގުޅިގެން އެއްމަސް ދުވަހުގެ މުއްދަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި 51 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

މި ޕްރޮގްރާމުގައި ކަސްރަތު ކުރަންވީ ރަނގަޅު ގޮތްތަކާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުންނާއި، ރަނގަޅު ސިއްޙަތެއްގައި ދެމިހުރުމަށް ރަނގަޅު ކާނާ ކެއުމުގެ މުހިއްމުކަމާއި ބެހޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެވޭނެ ކަމުގައި ދަރަނބޫދޫ ކައުންސިލުން ހާމަކުރެއެވެ.

މީގެއިތުރުން މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ. މި ޕްރޮގްރާމްގެ އިންސްޓްރަކްޓަރ އެއްގެ ގޮތުގައި މަސައްކަތްކުރަނީ ޕޮލިސް ސާޖަންޓް މުޙައްމަދު ޚަލީލާއި، ފ. ނިލަންދޫ ސްޕޯޓްސް ކައުންސިލަރ ޒީނަތު އިސްމާޢީލްއެވެ.

ފ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން މީގެކުރިންވެސް މިފަދަ ކަސްރަތު ޕްރޮގްރާމްތަކެއް ދަރަނބޫދޫގެ އިތުރުން ފ. އަތޮޅުގެ އެހެން ރަށްރަށުގައިވެސް ވަނީ ހިންގާފައެވެ. އަދި މި ޕްރޮގްރާމްތަކަށް ރައްޔިތުންގެ ވަރަށް ބޮޑު ތަރުހީބެއްވަނީ ލިބިފައެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)