ދަނޑުވެރިންގެ ޖަމްޢިއްޔާއެއް އުފައްދައިފި

ދަނޑުވެރިންގެ ޖަމްޢިއްޔާއެއް އުފައްދައިފި

Featured

ދަނޑުވެރިންގެ ޖަމްޢިއްޔާއެއް އުފައްދައިފި

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ދަނޑުވެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، ދަނޑުވެރިން ހައްދާތަކެތި މާކެޓްކޮށް ހެދުމަށް ފ. ދަރަނބޫދޫގައި “ދަރަނބޫދޫ ދަނޑުވެރިންގެ ގުޅުން” ނަމުގައި އައު ޖަމްޢިއްޔާއެއް ރަޖިސްޓްރީ ކޮށްފިއެވެ.

ފ. ދަރަނބޫދޫ ޒަމާނީ ހައުސްގައި ޖަމްޢިއްޔާގެ އޮފީސް ރަޖިސްޓްރީކޮށްފައިވާ މި ޖަމްޢިއްޔާގެ މުވައްސިސުންނަކީ ދަރަނބޫދޫގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ފ. ދަރަނބޫދޫ ޒަމާނީ ހައުސް އަބްދުލް ލަޠީފް އަޙްމަދާއި ފ. ދަރަނބޫދޫ ނޫރާނީ މަންޒިލް ޢަލީ މަޙްމޫދެވެ.

މި ޖަމްޢިއްޔާ އުފައްދައި، ރަޖިސްޓްރީ ކުރުމުގެ އެންމެހައި މަސައްކަތްތައް ކުރުމަށް ޙަވާލު ކުރެވިފައިވަނީ “ދަނިއުސް” އާއެވެ. ޖަމްޢިއްޔާ ރަޖިސްޓްރީކޮށް، އެކަމާއި ގުޅުންހުރި ލިޔުންތައް ދަނިއުސްއިން މިހާރު މުވައްސިސުންނާއި ޙަވާލުކޮށްފައިވާއިރު، މެމްބަރުން އިތުރުކުރުމާއި ޖަމްޢިއްޔާގެ ފުރަތަމަ ދައުރުގެ ހިންގާ ކޮމެޓީ އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރިއަށް އެބަދެއެވެ.

ދަރަނބޫދޫއަކީ ފ. އަތޮޅުގައި އެންމެ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ރަށެވެ. މީގެ ކުރިން މަސްވެރިކަމުގެ ސިނާޢަތުން ދަރަނބޫދޫއަށް ބޮޑު އާމްދަނީއެއް ލިބެމުން އައިނަމަވެސް، އެ ސިނާޢަތް ފަހަތަށް ޖައްސާލުމަށްފަހު، ދަނޑުވެރިކަމުގެ ސިނާޢަތްވަނީ ވަރަށް ބޮޑަށް ކުރިއަރާފައެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި