ޚަބަރު

ހުޅުމާލެއިން ބިމެއް ގަނެފައިވާ ކަމަށްބުނެ ފަތުރަނީ ދޮގެއް: އެމްޕީ ސައުދާ

1 އަހަރު ކުރިން ދަނިއުސްދަނިއުސް
Sau3
ID Card
Liyuntherikan
އިޝްތިހާރު

9 މިލިއަން ރުފިޔާއަށް ހުޅުމާލެއިން ބިމެއް ގަނެފައިވާކަމަށްބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއްކަމަށް ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާ ހާމަކުރައްވައިފިއެވެ.

ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކާއި، މީސްމީޑިއާގައި މެމްބަރު ސައުދާ ހުޅުމާލެއިން އަގު ބޮޑު ބިމެއް ގަނެފައިވާކަމަށްބުނެ ޚަބަރު ފަތުރަމުންދާތާ ދެތިން ދުވަސް ވެފައިވާއިރު، މިކަމުގެ ހަގީގަތެއް ހޯދުމަށް ދަނިއުސް މީޑިއާއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މެމްބަރު ވިދާޅުވީ އެއްވެސް ބިރެއްނެތި އެފަދަ ބޮޑެތި ދޮގު އެހާ ފަސޭހައިން ހަދަނީ ކިހިނެތްބާއޭ ހިތަށް އަރާކަމަށާއި، ފަތުރަމުން އެދާ ޚަބަރަކީ ކަނޑައެޅިގެން ދޮގެއްކަމަށެވެ. އަދި އެފަދަ ބިމެއް އޮތިއްޔާ އެއޮތް ތަނެއް ބަލާލުމަށްވެސް ބޭނުންކަމަށް މެމްބަރު ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

މެމްބަރު ސައުދާ ހުޅުމާލެއިން ބިމެއް ގަނެފައިވާކަމަށް މީސްމީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަށް އެކަމަނާގެ ފިރިކަލުންވެސް ވަނީ ރައްދު ދެއްވާފައެވެ. އެވާހަކަތަކުގެ ސްކްރީން ޝޮޓެއް ފޭސްބުކްގައި ހިއްސާކުރަމުން ސައުދާގެ ފިރިކަލުން ހާމަކުރައްވާފައިވާ ގޮތުގައި، ގަނެފައިވާކަމަށްބުނާ ބިމާއި، އެބިމާއި ބެހޭ ލިޔެކިޔުންތައް ދެއްކި ބޭފުޅަކަށް އެބިން ހަދިޔާ ކުރުމަށް ނިންމާފައިވާކަމަށެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)