ޚަބަރު

އެމްޕީ ސައުދާ ދާއިރާއަށް ވަޑައިގެން ޙާލަތު ބައްލަވާލައްވައިފި

1 އަހަރު ކުރިން ޚާލިދު ސުލައިމާނުޚާލިދު ސުލައިމާނު
1
Liyuntherikan
ID Card
އިޝްތިހާރު

ނިލަންދޫ ދާއިރާގެ ޙާލަތު ބައްލަވާލެއްވުމަށް، ދާއިރާގެ މެމްބަރު ފާތިމަތު ސަޢުދާ މިއަދު ދާއިރާގެ ދެރަށަށް ވަޑައިގެންފިއެވެ. މިއީ މެމްބަރު ކަމުގެ ހުވާ ކުރެއްވިފަހުން ސަޢުދާ ދާއިރާއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

އެމްޕީ ސަޢުދާ އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ނިލަންދޫއަށެވެ. މި ދަތުރުފުޅުގައި ނިލަންދޫގައި ޤާއިމްކޮށްފައިވާ ސަރުކާރުގެ މުވައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި، އެ މުވައްސަސާތަކަށް ދިމާވެފައިވާ ދަތިތަކާއިބެހޭ މަޢުލޫމާތު ހޯއްދަވާފައިވެއެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

މި ދަތުރުފުޅުގައި ސަޢުދާ ދަރަނބޫދޫއަށް ވަޑައިގެން މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައިވަނީ މިއަދު މެންދުރުފަހު ދަރަނބޫދޫ ކައުންސިލް ކޮންފްރެންސް ހޯލްގައެވެ. މި ބައްދަލުވުމުގައިވެސް ދަރަނބޫދޫގެ މުވައްސަސާތަކުގެ އިސްވެރިން ބައިވެލެއްވިއެވެ. އަދި މުވައްސަސާތަކުން ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދަވާ ޚިދުމަތްތައް ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ހުރި ކަންބޮޑުވުންތައް މުވައްސަސާތަކުންވަނީ މެމްބަރާއި ޙިއްސާ ކުރައްވާފައެވެ.

ދާއިރާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅު ފެއްޓެވުމުގެ ކުރިން މެމްބަރު ސަޢުދާވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރާއި ބައްދަލު ކުރައްވައި، އެވުޒާރާއިން މިދާއިރާގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަންކަމާއި ބެހޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. އަދި އެ ބައްދަލުވުމުގެ މަޢުލޫމާތު ދަރަނބޫދޫގައި މިއަދު ބޭއްވުނު ބައްދަލުވުމުގެ ބައިވެރިންނާ މެމްބަރު ޙިއްސާ ކުރައްވާފައިވެއެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)