ޚަބަރު

އަތޮޅު ކައުންސިލް ކެމްޕެއިނަށް ހެލްތު މިނިސްޓަރ ފ.އަތޮޅުގައި

2 އަހަރު ކުރިން ޚާލިދު ސުލައިމާނުޚާލިދު ސުލައިމާނު
AK
ID Card
Liyuntherikan
އިޝްތިހާރު

މިމަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ފ. އަތޮޅު ކައުންސިލް ބައި-އެލެކްޝަންގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ޙައްވާ ޢަބްދުލް ޢަޒީޒުގެ ކެމްޕެއިން ދަތުރުފުޅެއްގައި ހެލްތު މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ފ.އަތޮޅަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ހެލްތު މިނިސްޓަރުގެ އިތުރުން މި ސަރުކާރުން އެކިއެކި މަޤާމްތަކަށް ޢައްޔަން ކުރެއްވި އެކި ފަރާތްތައް އަންނަނީ ބައިވެރިވަމުންނެވެ. ކެމްޕެއިން ޓީމުންވަނީ ފ. އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް އެރަށްރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާފައެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

އަތޮޅު ކައުންސިލް ބައި-އިލެކްޝަނާއި ދިމާކޮށް ހެލްތު މިނިސްޓަރ ކެމްޕެއިނަށް ވަޑައިގެންނެވިއިރު، ނިލަންދޫ ދާއިރާ މަޖިލިސް އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ފާތިމަތު ސައުދާގެ ކެމްޕެއިން ދަތުރުފުޅެއްގައި  މީގެ ދުވަސްކޮޅެއް ކުރިން، ނިލަންދޫ ދާއިރާއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވާފައެވެ.

މި ދެތަރުފުޅުގައިވެސް ހެލްތު މިނިސްޓަރ ވަނީ ފ. އަތޮޅުގެ ސިއްޙީ އިދާރާތަކަށް ވަޑައިގެން އެތަންތަނުގެ މުވައްޒަފުންނާ ބައްދަލު ކުރައްވާ ޚިދުމަތްތައް ފޯރުކޮށް ދިނުމުގައި ދިމާވާ ދަތިތައް އޮޅުން ފިލުވައި، އެކަންކަން ޙައްލުކުރުމަށް ކުރެވެން ހުރި ކަންކަމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)