ޚަބަރު

ފާފު އަތޮޅު ބައި-އިލެކްޝަނަށް މިފަހަރު ސިޔާސީ ތަޖުރިބާކާރުންތަކެއް!

2 އަހަރު ކުރިން ދަނިއުސްދަނިއުސް
F
ID Card
Liyuntherikan
އިޝްތިހާރު

ފ.އަތޮޅު ކައުންސިލްގެ ރައީސްކަމުން ޢަލީ މުޙައްމަދު އިސްތިއުފާ ދެއްވުމާއި ގުޅިގެން ހުސްވެފައިވާ އެކައުންސިލްގެ ރައީސަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ސިޔާސީ ތަޖުރިބާކާރު އަދި އަތޮޅު އެންމެން ދަންނަ ތިން ފަރާތަކުން މިހާތަނަށް ޝަޢުޤުވެރިކަން ފާޅުކުރައްވައިފިއެވެ.

މި ބައި-އިލެކްޝަންގައި ވާދަކުރައްވާނެކަމަށް މިހާތަނަށް ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ފަރާތްތަކުގެ ތެރޭގައި ނިލަންދޫ ކައުންސިލްގެ މިހާރުގެ މެމްބަރު އަޙްމަދު ޝިޔާމާއި، ފ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު މަޤާމުގައި އެންމެ ފަހުން ހުންނެވި މުޙައްމަދު ޢަބްދުލް އަޒީޒާއި، ފ. ފެމެލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުގެ ސީނިއަރ އެގްޒެކްޓިވް ޑިރެކްޓަރ މަޤާމުގައި އެންމެ ފަހުން ހުންނެވި އިބްރާހީމް ޚަލީލު ހިމެނިވަޑައިގަންނަވައެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

މީގެތެރެއިން ޝިޔާމް ވަނީ ބައި-އެލެކްޝަންގައި އޭނާ ވާދަކުރައްވަނީ ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ފަރާތުންކަން ހާމަކުރައްވާފައެވެ. ޚަލީލު ވާދަކުރައްވާނެކަމަށް ބެލެވިފައިވަނީ އެމްޑީޕީގެ ޓިކެޓްގައެވެ. އަޒީޒުވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރަން ނިންމައި އެކަން މީސްމީޑިއާގައި ހާމަކޮށްފައެވެ.

ފާފު އަތޮޅު ބައި-އިލެކްޝަނަށް ކުރިމަތިލައްވާފައިވާ މި ތިން ބޭފުޅުންނަކީ އެބޭފުޅުން މަސައްކަތްކުރެއްވި ދާއިރާތަކުގެ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ފަރާތްތަކެކެވެ. މިއީ އަތޮޅުގެ ކޮންމެ ރަށެއްގެ ރައްޔިތުންނަށްވެސް އެނގޭ، ދަންނަ ފަރާތްތަކެކެވެ.

ފާފު އަތޮޅު ކައުންސިލްގެ ރައީސަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނީ އަންނަ އަހަރުގެ ފެބްރުވަރީ 10 ވަނަ ދުވަހުގައިކަމަށް އިލެކްޝަން ކޮމިޝަނުންވަނީ އިޢުލާނު ކުރައްވާފައެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)