ޚަބަރު

ފުލުހުން ސިއްޙީމަރުކަޒުގެ މުވައްޒަފުންނާ ބައްދަލުކޮށްފި

2 އަހަރު ކުރިން އަޙްމަދު ޒުމީނުއަޙްމަދު ޒުމީނު
HCPolice
ID Card
Liyuntherikan
އިޝްތިހާރު

ފ.އަތޮޅުގައި މަސައްކަތް ކުރައްވާ ފުލުހުންގެ ސީނިއާ ބޭފުޅުން ދަރަނބޫދޫ ސިއްޙީމަރުކަޒުގެ މުވައްޒަފުންނާ މިއަދު ބައްދަލު ކުރައްވައިފިއެވެ. މިބައްދަލުވުން އޮތީ ފ. ދަރަނބޫދޫ ސިއްޙީމަރުކަޒުގައެވެ.

ފ. އަތޮޅު ޕޮލިސް ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޔަޢުޤޫބާއި ސީނިއާރ އެހެން ޕޮލިހުން ބައިވެރިވި މި ބައްދަލުވުމަކީ ފުލުހުންގެ ޚިދުމަތާއި، ސިއްޙީމަރުކަޒު ގުޅިގެން ކުރެވުނު މަސައްކަތްތަކާއި ކުރިއަށް އޮތް އަހަރު ދެ މުވައްސަސާ ގުޅިގެން އިތުރަށް ކުރެވެން ހުރި ކަންކަމާއި މެދު މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

މި ބައްދަލުވުމުގެ ފުލުހުންގެ ފަރާތުން ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ ޚިދުމަތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ސިއްޙީމަރުކަޒުން މިވީހާތަނަށް ވަރަށް ފުރިހަމައަށް އެއްބާރުލުން ދެއްވާފައިވާތީ އެކަމަށް ސިއްހީމަރުކަޒުގެ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ސިއްޙީމަރުކަޒުގެ ފަރާތުން ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ ޚިދުމަތް ދަރަނބޫދޫގައި ޤާއިމްކުރެވުމާއިއެކު، ރަށުގައި އިތުރު މުވައްސަސާއެއް ހުންނަ ކަމުގެ އިހުސާސް ކުރެވޭކަމަށާއި، ރަށުގައި ކޮންމެ މުވައްސަސާއަކުން ކޮންމެ ކަމެއް ކުރިކަމުގައި ވިޔަސް އެކަމުގައި ފުލުހުންގެ ދައުރެއް އޮންނަކަމީ އުފާކުރާ ކަމެކެވެ. ފާފު އަތޮޅުގައި ޤާއިމްވެފައިވާ ފުލުހުންގެ ޚިދުމަތުން ޚާއްސަކޮށް ފާފު ޕޮލިސް ކުލަބުން އަތޮޅު ފެންވަރުގައި ކުރަމުން ގެންދަވާ މަސައްކަތް ބަލައިގަނެ އެކަމަށްޓަކައި އަތޮޅުގެ އެންމެހައި ފުލުހުންނަށް ސިއްޙީމަރުކަޒުން ޝުކުރު ދެންނެވިއެވެ.

މި ބައްދަލުވުމުގައި ފުލުހުންގެ ދައުރު ރަށުލެވެލްގައި އިތުރުކުރެވިދާނެ ތަފާތު ގޮތްތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވެއެވެ.

ފ.އަތޮޅުގެ ފުލުހުންގެ ޓީމުން ގެންދަވަނީ ދަރަނބޫދޫއަދި އެހެން ރަށްރަށުގެ މުވައްސަސާތަކާއި ބައްދަލުކޮށް ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތްކުރައްވަމުންނެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)