ކުދިކުދި އާބާދީތަކުގައި ރައްޔިތުން އުޅެން އެންމެ ބޭނުންވާ އެއް ސަބަބަކީ އެ އާބާދީތަކުގައި ދިމާވާ މައްސަލަތައް މަދުވެ މިނިވަންކަމާއެކު ދިރިއުޅެވެން އޮތުން ކަމުގައި ދަރަނބޫދޫ ކައުންސިލްގެ ރައީސް، އަބްދުލް ޙަމީދު އާދަމް ވިދާޅުވެއްޖެއެވެ.
ދަރަނބޫދޫގެ ރައްޔިތުންނަށް އާންމުކޮށް ހުޅުވާލެވިފައިވާ ދަރަނބޫދޫ ކޮމިއުނިޓީ ވައިބާރ ގުރޫޕުގައި ހަމީދު އިތުރަށް ބުނެފައިވަނީ މައްސަލަތައް މަދުކޮށް އަމާންކަމާއެކު ދިރިއުޅެވެން އޮންނާނީ ހުރިހާ ރައްޔިތުންވެސް އެގޮތުގައި ތިބެގެން ކަމަށާއި، ކުޑަވިޔަސް ގެއްލުމެއް މީހަކަށް ދިނުމަކީ ވަރަށް ދެރަކަމެއް ކަމަށެވެ. އަދި ދަރަނބޫދޫއަކީ މިނިވަންކަމާއެކު ދިރިއުޅެވޭ ހިތްގައިމު ރަށެއްގެ ގޮތުގައި ބޭއްވުމަށް ކޮމިއުނިޓީ އެކުގައި މަސައްކަތް ކުރުމަށް ވަނީ އެދިފައެވެ.
“ކުދި އާބާދީތަކުގައި ދިރިއުޅުމަށް ބޭނުންވާ އެންމެ މުޙިއްމު އެއްސަބަބަކީ މައްސަލަތައް މަދުވެ މިނިވަންކަމާއެކު ދިރިއުޅުން. އެކަންވާނީ އެންމެން އެގޮތުގައި ތިބެގެން. ކިތަންމެ ކުޑަނަމަވެސް ގެއްލުމެއް މީހަކަށް ދިނުމަކީ ވަރަށް ދެރަކަމެއް. އަހަރެމެންގެ ރަށަކީ މިނިވަންކަމާއެކު ދިރިއުޅެވޭ ހިތްގައިމު ރަށެއްގެ ގޮތުގައި ބޭއްވުމަށް މުޅި ކޮމިއުނިޓީ އެކުގައި މަސައްކަތްކުރަމާ.”
ސީޕީ ޙަމީދު
ދަރަނބޫދޫ ކައުންސިލްގެ ރައީސްވެސް އެޑްމިންކަން ކުރައްވާ މި ކޮމިއުނިޓީ ގުރޫޕަށް މި މެސެޖް ދޫކޮށްލެއްވީ ސީދާ ކޮންކަމަކާއި ގުޅޭގޮތުންކަމެއް ކަށަވަރެއް ނޫނެވެ. ނަމަވެސް، ބެލެވޭ ގޮތުގައި މިއީ ރަށުގެ އުސްފަހު މަގަށް އެހެލާފައިވާ ލޯންޗަކަށް މިދިޔަ ބުރާސްފަތި ދުވަހު ބަޔަކު ގެއްލުން ދީފައިވާތީ އެކަމާއި ގުޅޭގޮތުން ހިއްސާކޮށްފައިވާ މެސެޖެއްކަމަށް ބެލެވެއެވެ. މި ލޯންޗަށް ދީފައިވާ ގެއްލުން ފެންނަ ވީޑިއޯއެއް، އެ ލޯންޗު ގެންގުޅުއްވާ ފަރާތުން މިދިޔަ ބުރާސްފަތި ދުވަހުވަނީ އެ ގްރޫޕްގައި ޙިއްސާ ކުރައްވާފައެވެ.
ދަރަނބޫދޫ އަކީ ހިތްފަސޭހަ އަމާން މާހައުލެއް އޮންނަ ރަށެއް ނަމަވެސް، ފަހުގެ ތާރީޚްތަކުގައި ދޭތެރެ ދޭތެރެއިން ސިލްސިލާކޮށް މީހުންގެ މުދަލަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ. އެހެންނަމަވެސް، އެފަދަ ފަރާތްތައް ހޯދައި ފިޔަވަޅު އެޅިފައި ނެތުމަކީ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.
2 ކޮމެންޓްތައް
ސިޕީތަ އެއީ؟
ސީޕީ ސްޓޭންޑްސް ފޯރ ކައުންސިލް ޕްރެސިޑެންޓް އައިގެސް