ޚަބަރު

އަމިއްލަ އިސްނެގުމާއެކު މަކުނުދޫ ރައްޔިތުން ނުކުމެ ’ޒިޔާރަތް މަގު‘ ރީތިކޮށް، ހިތްފަސޭހަ މައިޒާނަކަށް ބަދަލުކޮށްލައިފި

7 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
FB IMG
ID Card
Liyuntherikan
އިޝްތިހާރު

ރަށުގެ މައި އެއް މަގު ކަމުގައިވާ ޒިޔާރަތް މަގުގެ އެކި ސަރަޙައްދުތަކުގައި ހެދިފައިވާ ވަޅުގަނޑުތަކަށް ފަސްއަޅައި، އެ މަގު މަރާމާތުކުރުމުގެ ބޮޑު ހަރަކާތެއް މިއަދު ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް ނިންމާލައިފިއެވެ.

މަކުނުދޫ ކައުންސިލް އިދާރާގެ އިސްނެގުމުގެ މަތިން ކުރިއަށްދިޔަ މި މަސައްކަތަކީ، މަގުތައް ބޭނުންކުރާ އާންމު ރައްޔިތުންނަށާއި ދުއްވާ ތަކެއްޗަށް ދިމާވަމުންދިޔަ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދެވުނު ޚާއްޞަ އިޖުތިމާޢީ ހަރަކާތެކެވެ. ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި މުއައްސަސާތަކުގެ ބައިވެރިވުމާއެކު ކުރިއަށްދިޔަ މި މަސައްކަތުގައި ރަށުގެ އެކި ދާއިރާތަކުން ވަނީ ޢަމަލީގޮތުން ބައިވެރިވެ، ބޮޑު އެއްބާރުލުމެއް ދީފައެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

މި މަސައްކަތް ފާހަގަކޮށްލެވޭހާ އަވަހަށް ނިންމާލެވުނީ ރަށުގެ އެކި މުއައްސަސާތަކުގެ ބޮޑު އެހީތެރިކަމަކާއެކުގައެވެ. އެގޮތުން ނާރެސް ޕްރީ ސްކޫލާއި، މަކުނުދޫ ޞިއްޙީ މަރުކަޒާއި، ހދ. އަތޮޅު ޕޮލިހުގެ އިތުރުން ފެނަކަ ކޯޕަރޭޝަން މަކުނުދޫ ބްރާންޗާއި އެމްޓީސީސީގެ މުވައްޒަފުން މި ހަރަކާތުގައި އަމަލީގޮތުން ބައިވެރިވެ މަސައްކަތްކޮށްފައިވެއެވެ.

މި ހަރަކާތް ނިންމާލަމުން މަކުނުދޫ ކައުންސިލުން ވަނީ، މަގު މަރާމާތުކުރުމުގެ އަމަލީ މަސައްކަތުގައި ބައިވެރިވި އެންމެހައި މުވައްޒަފުންނަށާއި ރަށުގެ ލޮބުވެތި ރައްޔިތުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.

އަދި މީގެ އިތުރުން، މި މަސައްކަތް ކުރިއަށްދިޔަ ވަގުތު އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ، މަސައްކަތުގެ ބައިވެރިންނަށް އިންޓަވަލް ހަމަޖައްސަވައިދެއްވި ހުރިހާ ފަރާތްތަކަކަށްވެސް ކައުންސިލްގެ ފަރާތުން ޚާއްޞަ ޝުކުރެއް ރައްދުކޮށްފައިވެއެވެ.
މިފަދަ ބޮޑު މަސައްކަތެއް ރަށުގެ އެންމެން ގުޅިގެން އެއްބައިވަންތަކަމާއެކު ނިންމާލުމަކީ، މަކުނުދޫގެ މުއައްސަސާތަކާއި ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުމާއި ރަށުގެ ތަރައްޤީއަށް އެންމެން ބަހައްޓާ އަހަންމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ