ޚަބަރު

މުދަލަކީ މާތް ﷲގެ އަމާނާތެއް، ޙަރާމް މަގަކުން މުދާ ހޯދުމުގެ ޙައްޤެއް އެއްވެސް މީހަކަށް ނެތް: ހުކުރު ޚުޠުބާ

13 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
IMG 20261009
ID Card
Liyuntherikan
އިޝްތިހާރު
ދުނިޔޭގައި އިންސާނުންނަށް ލިބިފައިވާ މުދަލަކީ މާތް ﷲގެ ޙަޤީޤީ މިލްކެއް ކަމަށާއި، ޙަރާމްކުރެއްވި އެއްވެސް މަގަކުން މުދާ ހޯދުމުގެ ޙައްޤެއް އެއްވެސް މީހަކަށް ލިބިގެންނުވާ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
”މުދަލަކީ މާތް ﷲގެ ޙައްޤެއް“ މި މަޢުޟޫޢަށް ރާއްޖޭގެ އެކިކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގައި ނަޞޭޙަތްތެރިވެފައިވަނީ، މުދަލަކީ އިންސާނާގެ އީމާންތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރިމަތިކުރައްވާ ބޮޑުވެގެންވާ އިމްތިޙާނެއް ކަމަށެވެ.
އަދި އިންސާނުންނަކީ އެ މުދާ ހެޔޮގޮތުގައި ބެލެހެއްޓުމާއި ބޭނުންކުރުމަށް ޙަވާލުވެފައިވާ އަމާނާތްތެރިން ކަމަށްވެސް ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.
ޚުޠުބާގައި ވިދާޅުވީ ވައްކަންކުރުން، މަކަރާއި ޙީލަތް ހެދުން، ރިޝްވަތު ހިފުން، އަދި ރިބާގެ މުޢާމަލާތްތައް ކުރުން ފަދަ ކަންކަމަކީ މުދަލުގެ ބަރަކާތް ކަނޑުވައިލާ ކަންކަން ކަމަށެވެ.
އަދި ޙަރާމް ގޮތުގައި ހޯދާ މުދަލުން ކުރާ ހޭދައާއި، އެފަދަ ތަކެތި ބޭނުންކޮށްގެން ކުރާ އަޅުކަންތައް މާތް ﷲ ޤަބޫލެއް ނުކުރައްވާނެ ކަމަށްވެސް ބަޔާންކުރައްވާފައިވެއެވެ.
މީގެއިތުރުން، މުދަލުގެ ޙަޤީޤީ ވެރިއަކީ ﷲ ކަމަށްވާއިރު، އެކަލާނގެ އަންގަވާފައިވާ ފަދައިން މުދަލުން ޒަކާތް ދިނުމާއި، ޞަދަޤާތްކުރުން މަތީ ދެމިތިބުމަށް ޚުޠުބާގައި ގޮވާލެއްވިއެވެ.
އަދި މުޖުތަމަޢުގައި ތިބި ފަޤީރުންނާއި، މިސްކީނުންނާއި، އެހީތެރިކަމަށް ބޭނުންޖެހިފައިވާ މީހުންނަށް އެ މުދަލުން އެހީތެރިވުމަކީ މުދާ އިތުރުވެ، އޭގައި ބަރަކާތް ލެއްވޭނެ ސަބަބެއްކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
މިއަދުގެ ޚުޠުބާ ނިންމަވާލައްވާފައިވަނީ މުސްލިމުން ހޯދާ މުދަލަކީ ޙަލާލު ތަކެތި ކަމުގައި ހެދުމަށާއި، މުދަލުގެ ސަބަބުން ދުނިޔެއާއި އާޚިރަތް ގެއްލެނިވެގެންދާ ފަދަ މަގަކަށް ނުދިއުމަށް އެންމެހައި މުސްލިމުންނަށް އިލްތިމާސްކުރައްވަމުންނެވެ.
ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ