މޫސުމާ ބެހޭ ޤައުމީ އިދާރާއިން މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި!

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ހުދު ސަމާލު ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ. މި ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 8:45 އިން ފެށިގެން މެންދުރުފަހު 14:15 އާ ހަމައަށެވެ.
އެ އިދާރާއިން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި އެ ސަރަޙައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެއެވެ.
ކުރިއަށް އޮތް ދުވަސްތަކުގެ މޫސުމާ ގުޅޭގޮތުން މެޓް އޮފީހުން މަޢުލޫމާތު ދެމުން ވިދާޅުވީ، ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ނަމަވެސް، ކުރިއަށް އޮތް 24 ގަޑިއިރު އެހެން ސަރަޙައްދުތަކަށް ވުރެ ބޮޑަށް މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރައިގެ އަސަރު ބޮޑަށް ކުރާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ
.















ޚިޔާލުތައް (0)