ޚަބަރު

ފ. ބިލެއްދޫ ކަނބަލުންގެ ބަށި މުބާރާތުގެ ގުރުލުން ބާއްވައިފި!

12 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
1000017706
ID Card
Liyuntherikan
އިޝްތިހާރު
ފ. ބިލެއްދޫ ކަނބަލުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމަކަށް ހިތްވަރުދީ، އެކުވެރިކަމާއި އިޖުތިމާޢީ ރޫޙު ޢާލާކުރުމުގެ މަޤްޞަދުގައި ބިލެއްދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ”ކަނބަލުންގެ ބަށި މުބާރާތް 2026“ ގެ ގުރުލުން ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.
މި މަހުގެ 11 އިން 19 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މިއަހަރު ޖުމުލަ 06 ޓީމަކުން ވަނީ ބައިވެރިވެފައެވެ. ގުރުލުމުގެ ރަސްމިއްޔާތާއެކު މުބާރާތުގެ ފޯރި ގަދަވެފައިވާއިރު، ބައިވެރިވާ ހުރިހާ ޓީމުތަކަކުންވެސް މިހާރު ދަނީ މުބާރާތަށް ފަރިތަކުރުންތައް ބާއްވަމުންނެވެ.
ބިލެއްދޫ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ރަށުގެ ކަނބަލުންނަކީ ދުޅަހެޔޮ ސިއްޚަތެއްގައި ދެމިތިބޭ ބަޔަކަށް ހެދުމާއި، ކުޅިވަރުގެ ތެރެއިން އެއްބައިވަންތަކަން ޢާލާކުރުމެވެ.
މުބާރާތް ރަސްމީކޮށް ފެށުމަށް މިހާރު ހުރިހާ ތައްޔާރީތަކެއް ވެ ނިމިފައިވާ ކަމަށްވެސް ކައުންސިލުން ފާހަގަކުރެއެވެ.
ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ