ޚަބަރު

އެމްޑީޕީ ޤައުމީ މަޖިލީހަށް ފޯކައިދޫ އަޙްމަދު އަންވަރު ވާދަކުރައްވަނީ!

14 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
1000017698
Liyuntherikan
ID Card
އިޝްތިހާރު
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ ހިންގުމަށާއި ސިޔާސަތުތަކަށް ގެނެވެމުންދާ އިޞްލާޙީ ބަދަލުތަކާއެކު، އެ ޕާޓީގެ ޤައުމީ މަޖިލީހުގެ އޮނިގަނޑަށް ގެނެވޭ އާ ބަދަލުގެ ދަށުން ށ. އަތޮޅަށް ކަނޑައަޅާފައިވާ 4 ގޮނޑީގެ ތެރެއިން ގޮނޑިއަކަށް ށ. ފޯކައިދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު އަންވަރު ވާދަކުރެއްވުމަށް ނިންމަވައި، އެކަން ރަސްމީކޮށް އިޢުލާނު ކުރައްވައިފިއެވެ.
އެމްޑީޕީގެ ސިޔާސީ ޙަރަކާތްތަކުގައި ދެގޮތެއްނުވެ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވަމުންދާ އަޙްމަދު އަންވަރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޕާޓީގެ ސިޔާސަތުތަކަށް އަންނަމުންދާ ހެޔޮ ބަދަލުތަކާއެކު ށ. އަތޮޅުގެ ތަރައްޤީއަށް އާ ވިސްނުންތަކެއް ބޭނުންވާ ކަމަށެވެ. އަދި މި އިންތިޚާބުގައި ށ. އަތޮޅުގައި ހިމެނޭ އެމްޑީޕީގެ ލޮބުވެތި ހުރިހާ މެންބަރުންގެ އިޚްލާޞްތެރި ތާޢީދާއި ވޯޓަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ށ. އަތޮޅުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުން މާޒީގައިވެސް ގުޅިފައިވަނީ އެމްޑީޕީ ގެ ދުރުވިސްނޭ ވިލަރެސްވެރިންގެ ތަސައްވުރުތަކާއެވެ. އަދި އަތޮޅުގެ މުސްތަޤުބަލު ބައްޓަންކުރުމުގައި ޕާޓީގެ މެންބަރުންގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ށ. އަތޮޅުގެ ރައްޔިތުންނަށް ފާގަތި މުސްތަޤުބަލެއް ހޯދައިދިނުމަށް އެމްޑީޕީން ކުރަހާ ތަރައްޤީގެ ކުރެހުމުގައި ހިއްސާވެވަޑައިގަތުމަށް ބޭނުންފުޅުވާކަން ހާމަކުރައްވަމުން، އަޙްމަދު އަންވަރު ވިދާޅުވީ ޕާޓީގެ ޤައުމީ މަޖިލީހުގައި އެމަނިކުފާނު ތަމްސީލުކުރައްވާނީ ސީދާ އަތޮޅުގެ މެންބަރުންގެ ވިންދާއި ޚިޔާލާ އެއްގޮތަށް، ރައްޔިތުންގެ ޙައްޤުގައި ކަމަށެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގެ ފޯރި ގަދަވަމުންދާއިރު، އަތޮޅުތެރޭގެ މުހިންމު ސިޔާސީ ފަރާތްތަކުން މިހާރު ދަނީ ކެމްޕޭންގެ ޙަރަކާތްތައް ފަށަމުންނެވެ.
ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ