”މުނިސިޕަލް އަންގާރަ“ ހަރަކާތުން މަގޫދޫ ބަނދަރުމައްޗަށް ފުރިހަމަ ސާފުކަމެއް!

ރަށުގެ ތިމާވެށި ނަގަހައްޓައި، ބަނދަރުމަތީގެ ރީތިކަން އިތުރުކުރުމުގެ މަޤްޞަދުގައި ”މުނިސިޕަލް އަންގާރަ“ ޙަރަކާތުގެ ދަށުން ފ. މަގޫދޫ ކައުންސިލުން އިސްނަގައިގެން ޚާއްޞަ މަސައްކަތްތަކެއް ފަށައިފިއެވެ.
މި ޙަރަކާތުގެ ތެރެއިން އެންމެ އިސްކަމެއް ދީގެން ކުރިއަށްދަނީ ރަށުގެ ބަނދަރުމަތީގައި ހުރި ގަސްތައް ރީތިކޮށް ކޮށައި އެއްވަރުކުރުމާއި، އެ ސަރަޙައްދަށް ޖަމާވެފައި ހުރި ކުނިތައް އުކާލައި ސާފުކުރުމުގެ މަސައްކަތެވެ. މި މަސައްކަތުގެ ސަބަބުން ބަނދަރުމަތީގެ ސިފަ މުޅިން ބަދަލުވެ، އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް މަގޫދޫ ކައުންސިލުން މަޢުލޫމާތުދެއެވެ.

މިފަދަ ހަރަކާތެއް ހިންގުމުގެ މައިގަނޑު ބޭނުމަކީ ރަށުގެ ތިމާވެށި ރައްކާތެރިކޮށް، ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި ރަށުގެ ރައްޔިތުންނަށް ހިތްފަސޭހަ، ސާފު އަދި ހިތްޤައިމު މާޙައުލެއް ބިނާކޮށްދިނުމެވެ. ކައުންސިލުން ވިދާޅުވި ގޮތުގައި މި މަސައްކަތް ނިމުމުން ބަނދަރުމަތީގެ ސަރަޙައްދަކީ އެންމެންނަށްވެސް ބޭނުންކުރަން ފަސޭހަ، ހިތްޤައިމު މައިދާނަކަށް ވެގެންދާނެއެވެ.
ރަށުގެ ބަނދަރުމަތި ސާފުތާހިރުކޮށް ބޭއްވުމަށްޓަކައި ހިންގާ މި ޙަރަކާތްތަކަށް ރަށުގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުންދާކަން ކައުންސިލުން ފާހަގަކުރެވެއެވެ.













ޚިޔާލުތައް (0)