ޚަބަރު

ޕީއެންސީ ނައިބު ރައީސުންގެ ފޯރިގަދަ ރޭސް ކާމިޔާބުކުރި 6 ބޭފުޅުން ކަށަވަރުވެއްޖެ؛ އެންމެ ކުރީގައި މިނިސްޓަރު ރާފިޢު!

2 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
1000016133
ID Card
Liyuntherikan
އިޝްތިހާރު

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްކަމުގެ މަޤާމުތަކަށް ބޭފުޅުން އިންތިޚާބުކޮށްފިއެވެ.

މި ބޭފުޅުން އިންތިޚާބުކޮށްފައިވަނީ މިހާރު ކުރިއަށްދާ އެ ޕާޓީގެ ޚާއްސަ ކޮންގްރެސްގެ ތެރެއިން ބޭއްވި ސިއްރު ވޯޓުލުމުގައެވެ. ޖުމްލަ އަށް ބޭފުޅަކު ވާދަކުރެއްވި މި އިންތިޚާބުގައި 1,095 މީހުން ވޯޓުލާފައިވެއެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

މި އިންތިޚާބުގައި ވާދަކުރައްވައި، ޕާޓީގެ ނައިބު ރައީސްކަމުގެ ގޮނޑިތައް ކާމިޔާބު ކުރެއްވި ބޭފުޅުންނަކީ:

  • ވަޒީރު ޢަބްދުﷲ ރާފިޢު: 968 ވޯޓު (އެންމެ ގިނަ ވޯޓު)
  • ވަޒީރު އަޙްމަދު ޝިޔާމް: 964 ވޯޓު
  • ރައްޔިތުންގެ މަޖިލީހުގެ މެންބަރު ފާޠިމަތު ޞައުދާ: 923 ވޯޓު
  • ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހިމް ޝުޖާއު: 862 ވޯޓު
  • ވަޒީރު މުޙައްމަދު ޞައީދު: 833 ވޯޓު
  • ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު): 780 ވޯޓު

މި އިންތިޚާބުގައި ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަސްމާ ރަޝީދާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުޙައްމަދު ނިމާލެވެ. އިންތިޚާބުގެ ރަސްމީ ނަތީޖާ ދައްކާގޮތުން މުޙައްމަދު ނިމާލަށް 301 ވޯޓު ލިބިވަޑައިގަތްއިރު، އަސްމާ ރަޝީދަށް ލިބިވަޑައިގަތީ 288 ވޯޓެވެ.

މި ފަހަރުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ޒަމާނީ ޚާއްސަ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. ކޮންގްރެސްގެ ބައިވެރިން ވޯޓުލާފައިވަނީ ކިއުއާރް (QR) ކޯޑެއް ސްކޭން ކުރުމަށްފަހު، އެކަމަށް ކަނޑައެޅުނު 5 މިނެޓުގެ ވަގުތުކޮޅެއްގެ ތެރޭގައެވެ. މި ޑިޖިޓަލް ނިޒާމުގެ ސަބަބުން ވޯޓުގެ ކަންކަން ވަރަށް އަވަހަށް އަދި އޮމާންކަމާއެކު ނިމިގެންގޮސްފައިވާކަން ފާހަގަކުރެވެއެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ