ޚަބަރު

ގާސިމާއި ގުޅުވައިގެން މަހުމޫދު ރަޝީދުކުރި ޕޯސްޓަކަށް ޖަލީލްގެ ފާޑުކިޔުން

1 އަހަރު ކުރިން ދަނިއުސްދަނިއުސް
476631775 2140426006360547 5214518811658856160 N
ID Card
Liyuntherikan
އިޝްތިހާރު

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަކީ ކޮންމެ ރިޔާސީ އިންތިޚާބެއްވެސް އައުމާއި ހަމައަށް އެއިރެއްގައި ވެރިކަން ކުރައްވާ ރައީސަކަށް ތަޢުރީފު ކުރައްވާ ބޭފުޅެއްކަމަށް ވިދާޅުވެ ނިލަންދޫ ކައުންސިލްގެ ކުރީގެ ރައީސް މުޙައްމަދު ޖަލީލު ފާޑުވިދާޅުވެއްޖެއެވެ.

ޖަލީލު އެފަދައިން ހާމަކުރީ ދަރަނބޫދޫގެ ސިޔާސީ އެކްޓިވިސްޓް އަދި ދަރަނބޫދޫ ކައުންސިލްގެ ކުރީގެ ރައީސް މަޙްމޫދު ރަޝީދު އޭނާގެ ފޭސްބުކުގައި ޤާސިމްއާއި ބެހޭގޮތުން ކޮށްފައިވާ ޕޯސްޓަކަށް ކުރެއްވި ކޮމެންޓެއްގައެވެ. މަޙްމޫދުގެ ޕޯސްޓްގައިވަނީ މީގެ ހަތަރު ވަރަކަށްދުވަހު ގާސިމް މީޑިއާއަށް ދައުވަތު ދީގެން ބޭއްވި ބައްދަލުވުމެއްގައި ދައްކާފައިވާ ވާހަކައެކެވެ. އެ ޕޯސްޓްގައި ގާސިމްއާއި ހަވާލާދީ ބުނެފައިވަނީ ޤައުމު މިހާލަތަކަށް ގެނައީ ކުރީގެ ސަރުކާރުތަކުން ކަމުގައެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

މަހުމޫދުގެ މި ޕޯސްޓަށް ރައްދު ދެއްވާ ޖަލީލް ވިދާޅުވީ ރިޔާސީ އައުދައުރުގެ ކެމްޕެއިން ފެށެންދެން ރައީސްކަމުގައި ހުންނަވާ ކޮންމެ ބޭފުޅަކަށްވެސް ޤާސިމް ތަޢުރީފް ކުރައްވާކަމަށެވެ.

ރިޔާސީ އައު ދައުރުގެ ކެމްޕޭން ފެށެންދެން ރައީސްކަމުގައި ހުންނަވާ ކޮންމެ ބޭފުޅަކަށްވެސް ޤާސިމް ތަޢުރީފުކުރައްވައެވެ. ނަމަވެސް އައު ދައުރަށް ރިޔާސީ ކެމްޕޭން ފެށުމާއެކު ރާގު ބަދަލު ކުރައްވައެވެ. ވުމާއެކު ޤާސިމްގެ ވާހަކަތަކަށްވެސް އިތުބާރެއް ނުކުރެވެއެވެ :ޖަލީލް

މީޑިއާތަކާއި ވަރަށް ދުރުގައި ހުރުމަށްފަހު ކުއްލިއަކަށް ގާސިމް ބޭއްވި ބައްދަލުވުމުގައި ކުރީގެ ސަރުކާރުތަކަށް ފާޑުވިދާޅުވެފައިވާއިރު ކުރީ ހުރިހާ ސަރުކާރެއްގައިވެސް ގާސިމްގެ ނުފޫޒު އޮތެވެ. ޚާއްސަކޮށް ނިމިދިޔަ ސަރުކާރުގެ ރިޔާސީ އިންތިޚާބުގެ ފަހުވަގުތާއި ހަމައަށްވެސް ގާސިމްގެ އަނބިކަނބަލުން ގެންދެވީ ވަޒީރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ.

ޤާސިމްއެކޭ އެއްފަދައިން ޖަލީލް ފާޑުވިދާޅުވި ޕޯސްޓް ހިއްސާކުރެއްވި މަޙްމޫދު ރަޝީދަކީވެސް އެބޭފުޅުން އެވިދާޅުވާ ކުރީގެ ރައީސުންގެ ދައުރުގައި ދަރަނބޫދޫގައި ނުފޫޒުގަދަ ސިޔާސީ މަޤާމެއް އަދާކުރެއްވި ފަރާތެކެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)