ޚަބަރު

ދަނޑުވެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

1 އަހަރު ކުރިން ޚާލިދު ސުލައިމާނުޚާލިދު ސުލައިމާނު
466854206 885698687087817 6672134295309764277 N
Liyuntherikan
ID Card
އިޝްތިހާރު

ފ. އަތޮޅު ކައުންސިލުން އިސްނަގައިގެން އަތޮޅުގެ ރަށްތަކުން ދަނޑުވެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފައްޓަވައިފިއެވެ.

ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް އޮންނަ މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދަނީ ފ. ނިލަންދޫ ގައެވެ. މި ޕްރޮގްރާމްގައި ޖުމުލަ 11 ދަނޑުވެރިން ބައިވެރިވެފައިވާއިރު، މީގެ ތެރޭގައި ދަރަނބޫދޫގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރައްވަމުން ގެންދަވާ 3 ބޭފުޅުން ހިމެނެއެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

ދަނޑުވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ފ. އަތޮޅު ކައުންސިލާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފެލިޓޭޓް ކޮށްދެއްވަނީ އެ ވުޒާރާގެ އެގްރިކަލްޗަރ އޮފިސަރ އަބޫބަރުކުރު މުޙައްމަދެވެ.

ފ.އަތޮޅުގެ ރަށްތަކަކީ ވަރަށް ފަހަކާއި ޖެހެންދެން މައިގަނޑު ގޮތެއްގައި މަސްވެރިކަމުގެ ސިނާޢަތުން އާމްދަނީ ހޯދަމުން އައިސްފައިވާ ރަށްތަކެކެވެ. މިއަތޮޅުގައި ދަނޑުވެރިކަން އެންމެ ފުޅާ ދާއިރާއެއްގައި މިހާރު ކުރަމުން އަންނަނީ ދަރަނބޫދޫގައެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)