ޚަބަރު

ކައުންސިލަރު ލުގުމާނު ހުވާކުރުމުގެ ދަރުބާރު ބާއްވައިފި

2 އަހަރު ކުރިން އަޙްމަދު ޒުމީނުއަޙްމަދު ޒުމީނު
LUgmaan
ID Card
Liyuntherikan
އިޝްތިހާރު

ދަރަނބޫދޫ ކައުންސިލް ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ޕީއެންސީގެ ލުގުމާނު ޢަލީ ކައުންސިލް މެމްބަރުކަމުގެ ހުވާ ކުރެއްވުމުގެ ދަރުބާރު މިއަދު ބާއްވައިފިއެވެ. ދަރަނބޫދޫ ކައުންސިލްގެ މުވައްޒަފުންގެ އިތުރުން ދަޢުވަތު އެރުވުނު ފަރާތްތަކާއެކު މި ދަރުބާރު ކުރިއަށް ގެންގޮސްފައިވަނީ ކައުންސިލް އިދާރާގެ މީޓިންގ ހޯލްގައެވެ.

މި ދަރުބާރުގައި ލުގުމާނަށް ހުވައި ލައިދެއްވީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ޢަބްދުލް އަޒީޒެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

ދަރަނބޫދޫ ކައުންސިލްގެ ބައި-އިލެކްޝަންގައި ލުގުމާނު ފިޔަވައި އިތުރު ފަރާތަކުން ކުރިމަތި ލާފައިނުވާތީ، އޭނާ އިންތިޚާބު ވެފައިވަނީ ވޯޓު ލުމެއްނެތިއެވެ. މިއީ ދަރަނބޫދޫގައި ސިޔާސީ ހަރަކާތްތައް ފެށުނުފަހުން، ކައުންސިލް އިންތިޚާބެއްގައި ކުރިމަތިލާނެ ފަރާތެއް ނުވެގެން މެމްބަރަކު އޮޓަމެޓިކުން އިންތިޚާބުވި ފުރަތަމަ ފަހަރުވެސް މެއެވެ.

ލ. އަތޮޅު އިސްދޫއަށް ނިސްބަތްވި ނަމަވެސް، ލުގުމާނަކީ އޭނާގެ އުމުރުގެ ވަރަށް ހަގުއިރު ތަޢުލީމު ހާސިލްކުރުމަށް ދަރަނބޫދޫއަށް ގެނެވުނު ފަރާތެކެވެ. ދަރަނބޫދޫ ސްކޫލުން އޯލެވެލް ނިންމުމަށްފަހު، ދަރަނބޫދޫ ރައްޔިތަކާއި ކައިވެނި ބައްލަވައިގެން ދަރަނބޫދޫގައި ދިރިއުޅުއްވަމުން ގެންދަވާ ލުގުމާނު ކައުންސިލް މެމްބަރުކަމުގެ ހުވައި ކުރެއްވުމާއި ހަމައަށް ހުންނެވީ އެކައުންސިލްގެ ސްޕޯޓްސް ކައުންސިލަރ މަގާމުގައެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)