ޚަބަރު

މަޖިލިސް އިންތިޚާބުގަ ރައްޔިތުން ބޮޑުތަނުން ޕީއެންސީއަށް ނޫނެކޭބުނާނެ: މަޑޭ ރަޝީދު

2 އަހަރު ކުރިން އަޙްމަދު ޒުމީނުއަޙްމަދު ޒުމީނު
MRPNF
ID Card
Liyuntherikan
އިޝްތިހާރު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިހާރުގެ ސަރުކާރަށް ކާމިޔާބު ނުލިބޭނެކަމަށާއި ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނާނެކަމަށް ޕީއެންއެފްގެ އެކްޓިވިސްޓް މަޙްމޫދު ރަޝީދު ހާމަކުރައްވައިފިއެވެ. މަހުމޫދު މިފަދައިން ހާމަކުރައްވާފައިވަނީ އޭނާގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

MMMR

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

ރައީސް ޔާމީނުގެ ވެރިކަމުގައި ފެނަކަ ދަރަނބޫދޫ ބްރާންޗުގެ މެނޭޖަރުކަން ކޮށްފައިވާ މަޙްމޫދު ރަޝީދަކީ މިހާރުގެ ވެރިކަން ގެނައުމަށް ރިޔާސީ ކެމްޕެއިންގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ފަރާތެކެވެ. އެގޮތުން މަޙްމޫދުވަނީ ރިޔާސީ ކެމްޕެއިންތެރޭގައި މާލޭގެ ޖަގަހަތަކުގައި ކުރެވެމުން ދިޔަ މަސައްކަތްތަކުގައިވެސް ބައިވެރިވެފައެވެ.

މަޙްމޫދުގެ ހިއްސާ އޮވެގެން މި ސަރުކާރު ގެނެވުނު ނަމަވެސް، ވެރިކަމަށް މާގިނަ ދުވަސް ނުވަނީސް އޭނާވަނީ ސަރުކާރާއި ފެޔަށްޖެހި، ނިމިގެން ދިޔަ އަހަރުގެ ޑިސެމްބަރު ކުރީކޮޅުގައި ޕީއެންއެފްއަށް ސޮއިކުރައްވާފައެވެ. އެއަށްފަހު ސަރުކާރުގެ އެކިއެކި ޕޮލިސީތަކަސް މަހުމޫދު ގެންދަވަނީ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ދެކޮޅުވެރިކަން ހާމަކުރަމުންނެވެ.

ޕީޕީއެމް ދޫކުރައްވާ ޕީއެންއެފްއަށް މަޙްމޫދު ބަދަލުވި މައިގަނޑު އެއް ސަބަބެއްކަމުގައި ބުނެފައިވަނީ ރިޔާސީ ކެމްޕެއިންގައި ވަޢުދުވެ ވަޑައިގެންނެވި ގޮތަށް ރައީސް ޔާމީން މިނިވަން ނުކުރެއްވުމެވެ. މަޙްމޫދުވަނީ ރައީސް ޑރ. މުއިއްޒަށް ދެއްވި ވޯޓަކީ ރައީސް ޔާމީން މިނިވަން ކުރެއްވުމަށް ދެއްވި ވޯޓެއްކަމަށްވެސް ހާމަކޮށްފައެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިން ޙަރަކާތްތައްވެސް ފޯރިގަދަވެފައިމިވާ ދަނޑިވަޅުގައި މަޙްމޫދު ގެންދަވަނީ ނިލަންދޫ ދާއިރާގެ ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވާ ޑރ. މުއިއްޒުގެ ކޮއްކޮ، ސަޢުދާއަށްވެސް ފާޑުކިޔަމުންނެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)