ޚަބަރު

ލ. މާމެންދޫ ނަރުދަމާ ޕަންޕުތައް ހަލާކުވެ ނަޖިސް ގޮނޑުދޮށަށް: ބަލިމަޑުކަމެއްގެ ބިރު ބޮޑުވެ ކައުންސިލްގެ ކަންބޮޑުވުން!

6 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
Viber image 2026 10 07 16 29 33
ID Card
Liyuntherikan
އިޝްތިހާރު

ލ. މާމެންދޫގެ މައި ނަރުދަމާ ނިޒާމުގެ ޕަންޕުތައް ހަލާކުވެ، ނަރުދަމާގެ ނަޖިސް ރަށުގެ ގޮނޑުދޮށަށް ހިއްކަމުންދާތީ، އެ ރަށުގައި ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބޮޑު ބިރެއް ކުރިމަތިވެއްޖެއެވެ.

މި މައްސަލައާ ގުޅިގެން ލ. މާމެންދޫ ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.
ކައުންސިލުން ހާމަކުރި ގޮތުގައި، ނަރުދަމާގެ ނަޖިސް ގޮނޑުދޮށަށް ބޭރުވަމުންދިއުމުގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކުގެ އިތުރުން، އާންމު ސިއްޚަތަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެތީ، ރައްޔިތުން މި ދަނޑިވަޅުގައި ސާފުތާހިރުކަމަށް އިތުރަށް ސަމާލުވުމަކީ އެ އިދާރާގެ ވަރަށް ބޮޑު އެދުމެކެވެ.
މި ނުރައްކާތެރި އަދި ނާޒުކު މައްސަލަ ވީ އެންމެ އަވަހަކަށް ހައްލުކުރުމަށްޓަކައި ކައުންސިލުން މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސަމާލުކަމަށް ގެނެސްފައެވެ. މީގެ އިތުރުން، ގުޅުންހުރި މުހިންމު އިދާރާތައް ކަމަށްވާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ)، މިނިސްޓްރީ އޮފް ހެލްތު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އަދި ލ. މާމެންދޫ ހެލްތު ސެންޓަރަށް ވެސް މި މައްސަލައިގެ ސީރިއަސްކަން ވަނީ އަންގާފައެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

Viber image 2026 10 07 16 29 28
”ލ. މާމެންދޫގެ މައި ނަރުދަމާ ނިޒާމުގެ ޕަންޕުތައް ހަލާކުވެ، ނަރުދަމާގެ ނަޖިސް ރަށުގެ ގޮނޑުދޮށަށް ބޭރުވަމުންދާ މަންޒަރު ދައްކުވައިދޭ ތަސްވީރެއް. / ފޮޓޯ: ލ. މާމެންދޫ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖް“

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ރަށުގެ ނަރުދަމާގެ ޚިދުމަތްދޭ ފެނަކަ ކޯޕަރޭޝަންގެ މައި އޮފީހަށާއި އެ ކުންފުނީގެ މާމެންދޫ ބްރާންޗަށް ކައުންސިލުން މިހާރު ވަނީ މި މައްސަލަ ރަސްމީކޮށް ހުށަހަޅާފައެވެ. އަދި ހަލާކުވެފައިވާ ޕަންޕުތައް ވީ އެންމެ އަވަހަކަށް މަރާމާތުކޮށް، ނިޒާމު އާންމު ޙާލަތަކަށް ގެނައުމުގެ މަސައްކަތް އަވަސްކޮށްދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ. ނަޖިސް ބޭރުވުމުގެ ސަބަބުން ރަށުގެ ޙާލަތު އިތުރަށް ގޯސްވަމުންދާތީ، ރަށުގެ ރައްޔިތުން ތިބީ މި ނުރައްކާތެރި މައްސަލައަށް އަވަސް އަދި ދެމެހެއްޓެނިވި ހައްލެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ