ޚަބަރު

މާއުނގޫދޫ ދަނޑުބިންތައް ކުއްޔަށް ދޫކުރުމުގެ ތައްޔާރީތައް ނިންމާލައިފި!

14 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
1000017657
ID Card
Liyuntherikan
އިޝްތިހާރު
ށ. މާއުނގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ފަރާތުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ދަނޑުބިންތައް ހުރި ސަރަޙައްދު ސާފުކޮށް، އެ ބިންތަކުގެ ވަށައިގެން ފެންސުޖެހުމުގެ މަސައްކަތް  މުޅިން ނިންމާލައިފިއެވެ.
މި މަސައްކަތަކީ ދަނޑުވެރިކަމަށް ބިންތައް ދޫކުރުމުގެ ކުރިން، ބިން ބޭނުންކުރާ ފަރާތްތަކަށް ފަސޭހަ އަދި ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދެވުނު މުހިންމު މަސައްކަތެކެވެ. ބިން ސަރަޙައްދު ސާފުކޮށް ވަށައިގެން ފެންސު ޖެހުމުގެ ސަބަބުން، ދަނޑުތަކަށް ގެއްލުންދޭ ތަކެތިން ލިބޭ ގެއްލުން ކުޑަވެ، ބިންތަކުގެ ރައްކާތެރިކަން އިތުރުވެގެންދާނެއެވެ.
މާއުނގޫދޫ ޑަބްލިއުޑީސީން މަޢުލޫމާތު ދޭ ގޮތުގައި، މި މަސައްކަތްތައް ނިމުމަކަށް އައުމާއެކު، ދަނޑުބިންތައް ކުއްޔަށް ދޫކުރުމުގެ އިދާރީ އެންމެހާ ކަންކަން މިހާރު ދަނީ ނިންމަމުންނެވެ. އަދި ބިންތައް ހަވާލުކުރުމުގެ ކަންކަން ދާދި އަވަހަކަށް ކުރިއަށްދާނެއެވެ.
މި ބިންތަކަކީ ރަށުގެ ދަނޑުވެރިކަން ކުރިއެރުވުމަށާއި، ރައްޔިތުންގެ ޖީބަށް ވަންނަ އާމްދަނީ އިތުރުކުރުމަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ދޫކުރެވޭ ބިންތަކެކެވެ.
ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ