ޚަބަރު

ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ ނެގުމުގެ މަސައްކަތް ކޮށްފި

1 އަހަރު ކުރިން އަޙްމަދު ޒުމީނުއަޙްމަދު ޒުމީނު
Bidhey
Liyuntherikan
ID Card
އިޝްތިހާރު

ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ޙައްލު ހޯދުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ ”އޮޕަރޭޝަން ކުރަނގި ފޭސް 2“ ގެ ދަށުން ދަރަނބޫދޫގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކް ޑާޓާ ދަރަނބޫދޫ ކައުންސިލުން މިއަދު ނަގަފިއެވެ.

މި ޕްރޮގްރާމްގެ ދަށުން ކައުންސިލުން މިއަދު ވަނީ ދަރަނބޫދޫގައި ދިރިއުޅޭ 35 ބިދޭސީއެއްގެ މަޢުލޫމާތު ނަގާފައެވެ. ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތްތަނުގައިވެސް އެކިއެކި މަސައްކަތް ކުރުމަށް ދަރަނބޫދޫއަށް ގެނެވޭ ބިދޭސީންގެ މި މަޢުލޫމާތުތައް ނެގުމަށްވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

ދަރަނބޫދޫގައި ގިނަ ޢަދަދަކަށް ބިދޭސީ މަސައްކަތްތެރިން އުޅެއެވެ. އޭގެ ތެރެއިން 6 މީހުންނަކީ ސަރުކާރުގެ ވަޒީފާތައް އަދާކުރުމަށް ދަރަނބޫދޫ ސިއްޙީމަރުކަޒާއި ދަރަނބޫދޫ ސްކޫލަށް ގެނެވިފައިވާ ބައެކެވެ. ބާކީ އެންމެންނަކީ ދަރަނބޫދޫގެ އެކިއެކި ފަރާތްތަކުގެ އަމިއްލަ މަސައްކަތްތަކުގައި ގެންގުޅޭ ބިދޭސީންނެވެ.

އަމިއްލަ ފަރާތްތަކުން ގެނެސްފައިވާ ބިދޭސީން ރަށުގައި ކޮށްއުޅޭ މަސައްކަތްތަކުގެ ތެރޭގައި ދަނޑުވެރިކަމާއި، މަސްވެރިކަން އަދި ރޭނުމާއި ސިމެންތިޖެހުމާއި ވަޑާންކުރުމުގެ ދާއިރާގައި ޙަރަކާތްތެރިވާކަން ފާހަގަކޮށްލެވެއެވެ.

އޮޕަރޭޝަން ކުރަނގި ފޭސް 2 ދަރަނބޫދޫގައި ކުރިއަށް ގެންގޮސްފައިވާ ގޮތާއި ބެހޭގޮތުން ދަރަނބޫދޫ ކައުންސިލުން އާންމުކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުގައި ހުރިހާ ބިދޭސީންގެ ފަރާތުންވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ގޮސްފައިވެއެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)