ޚަބަރު

އެގްރިކަލްޗަރ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުކަމަށް ރުވައިދާ އިބްރާހީމް

2 އަހަރު ކުރިން އަޙްމަދު ޒުމީނުއަޙްމަދު ޒުމީނު
Ruvvv
ID Card
Liyuntherikan
އިޝްތިހާރު

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރަކަށް ފ. ދަރަނބޫދޫ ޗާނދޫހައުސް، ރުވައިދާ އިބްރާހީމް ޝަރީފް ޢައްޔަން ކުރައްވައިފިއެވެ.

ކުރެހުމުގެ ފަންނުގައި ހުނަރު ސާބިތު ކޮށްދެމުން އަންނަ ރުވައިދާއަށް ރައީސުލް ޖުމްހޫރިއްޔާ އޮފީހުން ރަސްމީކޮށް ވަޒީފާ ހަމަޖެހުނުކަމަށް އަންގަވާފައިވަނީ 2024 އޭޕްރީލް 04 ވަނަ ދުވަހުގައެވެ. މި މަޤާމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނުނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލް ޖުމްހޫރިއްޔާގެ މަޤާމުގެ ވާޖިބު އަދާކުރެއްވުމަށްޓަކައި ބޭނުންފުޅުވާ މަޤާމުތަކަށް މީހުން ޢައްޔަންކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ހަމަޖައްސަވާ މަޤާމެކެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

ރުވައިދާ ވެފައިވަނީ ރައީސަށް ލިބިދޭ ބާރުގެ ދަށުން ސަރުކާރުގެ ސިޔާސީ އިސްމަޤާމަކަށް ޢައްޔަންކުރެވުނު ދަރަނބޫދޫގެ ފުރަތަމަ ކަނބަލަށެވެ. ރައީސް ޑރ. މުޢިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން، ޒުވާން ހަތަރު ފިރިހެން ބޭފުޅުންނަށް މިފަދަ ސިޔާސީ މަޤާމުތަކެއްވަނީ ދެއްވާފައެވެ.

ރުވައިދާއަށް ހަމަޖެހުނު ވަޒީފާއާއި ގުޅިގެން އެކިއެކި ފަރާތްތަކުން އަންނަނީ މީސްމީޑިއާގައި މަރުހަބާ ކިޔަމުންނެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)