ޚަބަރު

ހެލްތު މިނިސްޓްރީގެ ޕީޑީއަކަށް ޤާރީ ސުޙައިލް ހަމަޖައްސައިފި

2 އަހަރު ކުރިން ޚާލިދު ސުލައިމާނުޚާލިދު ސުލައިމާނު
Suhail
ID Card
Liyuntherikan
އިޝްތިހާރު

މިނިސްޓްރީ އޮފް ހެލްތުގެ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަޤާމަށް ފ. ދަރަނބޫދޫ ސައިމާވިލާ، އަލްޤާރީ ސުޙައިލް ޢަލީ ޢައްޔަން ކުރައްވައިފިއެވެ. ސުޙައިލަށް މި މަޤާމް ހަމަޖެއްސެވިކަން އަންގަވާފައިވަނީ މިރޭގެ ވަގުތެއްގައެވެ.

ސުޙައިލް ޢަލީއަކީ ޤުރުއާން ކިޔެވުމާއި، ޤުރުއާނުގެ ޢިލްމު އުނގަންނައި ދިނުމުގައި ވަރަށް ފާހަގަކޮށްލެވޭ ޝަޚުސިއްޔަތެކެވެ. އެގޮތުން 2015 ވަނަ އަހަރު ސުޙައިލްވަނީ ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގައި ވާދަކޮށް ދަރަނބޫދޫ ފަޚުރުވެރި ކޮށްދީފައެވެ. އެމުބާރާތުގައި ސުޙައިލްގެ ކިޔެވުމަށް ގިނަބަޔަކު ތަޢުރީފުގެ ބަސްތައް ފޮނުވާފައިވެއެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

ޤުރުއާނުގެ ޢިލްމުން ސުޙައިލަކީ ދަރަނބޫދޫގެ އިތުރުން މުޅި ރާއްޖެއަށްވެސް ބްރޭންޑެޑް ނަމެކެވެ. 2020 ވަނަ އަހަރުގެ ކޮވިޑު ދުވަސްވަރު ”ވިލަރެސް ޤުރުއާން ކުލާސް“ ނަމުގައި ކުލާހެއް ފައްޓަވައި ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ޤުރުއާނުގެ ޢިލްމު ފެތުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މަދަނީ ޖަމްޢިއްޔާތަކާއި ރަށްރަށުގެ ކައުންސިލްތަކާއި އިދާރާތަކުން ކުރިއަށް ގެންދެވި ގިނަ ޤުރުއާން މުބާރާތްތަކެއްގެ ފަނޑިޔާރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ސުޙައިލްވަނީ ދާދި ފަހުން ވިލަރެސް ޤުރުއާން ކުލާހުގެ ނަމުގައި ދަރަނބޫދޫގައި ޙަފްލާއެއް ކުރިއަށް ގެންދަވާފައެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)